logo
MPL

MPL

ޚަބަރު

އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ބައްދަލުވުމަށް ފޮރިން މިނިސްޓަރު ގަތަރަށް

ޝަހްޒާ މުހައްމަދު
14 ސެޕްޓެމްބަރު 2025 - 04:59
އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ބައްދަލުވުމަށް ފޮރިން މިނިސްޓަރު ގަތަރަށް

އަރަބި އިސްލާމީ ގައުމުތަކުގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ގަތަރަށް ފުރާ ވަޑައިގެންފިއެވެ.

މި ބައްދަލުވުމަކީ ޔަހޫދީން ގަތަރަށް ހަމަލާ ދިނުމާއި ޔަހޫދީން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީސްމީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ހަލީލް ވިދާޅުވެފައިވަނީ ގަތަރުން އިންތިޒާމުކޮށްގެން ބާއްވާ އަރަބި އިސްލާމީ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ސަމިޓުގައި މުހިންމު މަޝްވަރާތަކެއް ކުރެވޭނެ ކަމަށެވެ.

އެގޮތުން ގަތަރަށް ޔަހޫދީން ދިން ހަމަލާތަކާއި ފަލަސްތީނުގައި ޔަހޫދީން ހިންގާ ޖަރީމާތަކާއި ސަރަހައްދީ ހަމަޖެހުމަށް އޮތް ހުރަސްތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ ގަތަރާއި ފަަލަސްތީނުގެ ރައްޔިތުންނާއެކުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޔަހޫދީން އިންސާފުގެ ކުރި މައްޗަށް ގެނައުމުގެ މަސައްކަތުގައި އަބަދުވެސް ރާއްޖެއިން ދެމިއޮންނާނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައޫދީގެ ދެ އެއާޕޯޓަކަށް ދިން ހަމަލާ: އެއްވެސް ދިވެއްސަކަށް އަސަރެއް ނުކުރޭ!ޚަބަރު | 3 ދުވަސް ކުރިންއިތުރު ހަތަރު ގައުމެއްގައި އެމްބަސީތައް ގާއިމު ކުރަނީޚަބަރު | 4 ދުވަސް ކުރިންއިރުތިޝާމު ރަޝިއާގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވައިފިޚަބަރު | 17 ދުވަސް ކުރިންކެންޔާއާ އިތުރަށް ގުޅުން ބަދަހިކުރަން ސޮއިކޮށްފިޚަބަރު | 22 ދުވަސް ކުރިން