logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފަހަތުން އަރައި ތިން ގޯލުޖަހައި ވަރުގަދަ ބްރެޒިލް ބަލިކޮށް ޖަޕާނު ތާރީޚުގެ ތެރެއަށް

އަބްދުﷲ ޣާނިމް
14 އޮކްޓޯބަރު 2025 - 15:42
ފަހަތުން އަރައި ތިން ގޯލުޖަހައި ވަރުގަދަ ބްރެޒިލް ބަލިކޮށް ޖަޕާނު ތާރީޚުގެ ތެރެއަށް

ޖަޕާނުގެ އަޖިނޮމޯޓޯ ސްޓޭޑިއަމްގައި ކުޅުނު ފުރެންޑްލީ މެޗުގައި ބްރެޒިލްގެ 2 ލަނޑުގެ ލީޑް ފުރޮޅާލައި، ޖަޕާން 3-2 އިން މޮޅުވެ، ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ. މި މޮޅާއެކު ޖަޕާނުން ވަނީ ފުރަތަމަ ފަހަރަށް ބްރެޒިލް ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ބައިގައި ބްރެޒިލް ވަރަށް ފޯމުގައި ކުޅުނެވެ. 25 ވަނަ މިނެޓްގައި ޕައުލޯ ހެންރިކް ލަނޑެއް ޖަހައި، 32 ވަނަ މިނެޓްގައި ގެބްރިއެލް މާޓިނެލީ އިތުރު ލަނޑެއް ޖެހުމުން ބްރެޒިލް 2-0 އިން ލީޑުނެގިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް ދެވަނަ ހާފުގައި ޖަޕާނުގެ ކުޅުން ބަދަލުވެގެން ދިޔައެވެ. 52 ވަނަ މިނެޓްގައި ތަކުމި މިނަމިނޯ ލަނޑެއް ޖަހައި، 62 ވަނަ މިނެޓްގައި ބްރެޒިލްގެ ފެބްރިސިއޯ ބްރޫނޯގެއަތުން ބައިކޮޅަށް ވަތް ގޯލަކުން ނަތީޖާ ހަމަހަމަ ކުރިއެވެ. އަދި 71 ވަނަ މިނެޓްގައި އަޔާސެ އުއެދާ ޖެހި ލަނޑުން ޖަޕާން ލީޑުނަގައި، އެ ލީޑް ނިމެންދެން ހިފެހެއްޓިއެވެ.

"މިއީ ޖަޕާނުގެ ފުޓްބޯޅައަށް ވަރަށް މުހިންމު ކާމިޔާބީއެއް. މީގެ ކުރިން 9 ފަހަރު ބްރެޒިލްއާ ކުޅެ، 7 މެޗް ބަލިވެ، 2 މެޗް ޑްރޯ ވެފައިވަނިކޮށް މިއަދު މި ލިބުނީ ފުރަތަމަ މޮޅު،" ޖަޕާނުގެ ކޯޗް ވަނީ ބުނެފައެވެ.

މި މޮޅާއެކު ޖަޕާނުގެ އަމިއްލަ ދަނޑުގައި ބަލިނުވެ ދިޔުމުގެ ރެކޯޑް 21 މެޗަށް ވަނީ ދިގުދެމިގެން ގޮސްފައެވެ. އެންމެ ފަހުން ޖަޕާން އަމިއްލަ ދަނޑުގައި ބަލިވެފައިވަނީ 2023 ވަނަ އަހަރުގެ މާރިޗް މަހު ކޮލަމްބިއާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދޮށީ އުމުރުގެ މީހުން ދަތުރުކުރުމަށް ބޭނުންވާ އުޅަނދު ރާއްޖެ ގެންނަން އެއްބަސްވުމެއްޚަބަރު | 6 ދުވަސް ކުރިންޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ، ތަހުނިޔާ ފޮނުއްވައިފި ޚަބަރު | 14 ދުވަސް ކުރިންރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި ޚަބަރު | 18 ދުވަސް ކުރިންޖަޕާނަށް އަނެއްކާވެސް ބިންހެލުމެއް؛ ސުނާމީއެއް އަރާފާނެކަމުގެ އިންޒާރު!ދުނިޔެ | 3 މަސް ކުރިން