logo
Bank of Maldives

Bank of Maldives

ޚަބަރު

30 މަސް ތެރޭ ކޮމަންޑޫ އެއާޕޯޓް ނިންމައި ހުޅުވޭނެކަމުގެ ޔަގީންކަން ދެއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޮކްޓޯބަރު 2025 - 02:35
30 މަސް ތެރޭ ކޮމަންޑޫ އެއާޕޯޓް ނިންމައި ހުޅުވޭނެކަމުގެ ޔަގީންކަން ދެއްވައިފި

ށ. ކޮމަންޑޫ އެއަރޕޯޓުގެ މަސައްކަތް ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ނިންމައި، އެއަރޕޯޓު ހުޅުވޭނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ.

މިކަން އެމަނިކުފާނު ހާމަކުރެއްވީ ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ކޮމަންޑޫގައި ބޭއްވެވި ޖަލްސާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައިކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި އެންމެ ލަސްވެގެން 8 މަސްދުވަހުގެ ތެރޭގައި ބިންހިއްކުމުގެ މަސައްކަތް ނިމޭނެ ކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.

ރައީސް ވިދާޅުވިގޮތުގައި ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ އެރޮނގުން ކުރިއަރާފައިވާ ބޭރުގެ 2 ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުންނެވެ. މިގޮތުން 11,000 ޓަނުގެ ޑްރެޖަރެއް މިމަސް ނިމުމުގެ ކުރިން ރާއްޖެ ގެނެވޭނެ ކަމަށާއި، ނޮވެމްބަރު މަހުގެ 3 ވަނަ ހަފުތާގައި 40,000 ޓަނުގެ ޑްރެޖަރެއް ރަސްމާލޭގެ މަސައްކަތަށް ގެނެވޭނެ ކަމަށް ވިދާޅުވިއެވެ.

ޑިސެމްބަރު މަހުގައި ގެނެވޭ 3 ވަނަ ޑްރެޖަރުން ހއ. ދިއްދޫގެ ޕްރޮޖެކްޓު 3 ހަފުތާގެ ތެރޭގައި ނިންމުމަށްފަހު، ށ. ކޮމަންޑޫ އެއަރޕޯޓުގެ ބިންހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ށ. ކޮމަންޑޫގެ އެންމެ މުހިންމު މަޝްރޫޢު"ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރަށުގެ ތަރައްޤީއަށް އެހެނިހެން ދާއިރާތަކުން ވެސް ކުރިއެރުން ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަރުދޫގެ ނަރުދަމާއާއި ބަނދަރުގެ މައްސަލަ ހައްލު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވައިފިޚަބަރު | 3 ގަޑިއިރު ކުރިންކޮމަންޑޫ ކައުންސިލާ އެއަތޮޅު ގައްލައިދޫ ހަވާލުކޮށްފިޚަބަރު | 6 ގަޑިއިރު ކުރިންޕޭޕަލްގެ ޒަރީއާއިން ދިވެހި ޒުވާނުންނަށް އެތައް ފުރުސަތުތަކެއް ފަހިވެގެންދާނެ: ރައީސްޚަބަރު | 6 ގަޑިއިރު ކުރިން30 މަސް ތެރޭ ކޮމަންޑޫ އެއާޕޯޓް ނިންމައި ހުޅުވޭނެކަމުގެ ޔަގީންކަން ދެއްވައިފިޚަބަރު | 9 ގަޑިއިރު ކުރިން