logo
Bank of Maldives

Bank of Maldives

ޚަބަރު

އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފި

އާމިނަތު ޝަފާ
15 އޮކްޓޯބަރު 2025 - 11:25
އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފި

ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހަކީ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަހެވެ. އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާއި ކުށްކުރުމުގެ ވައްޓަފާޅި ޓެކްނޮލޮޖީއާއެކު އަންނަނީ ބަދަލުވަމުންނެވެ. މިފަދަ ކުށްތަކުން ރައްކާތެރިވެ ސަލާމަތްވެތިބުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށް އަނެއްކާވެސް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ އިލްތިމާސްކޮށްފައެވެ.

މިފަހުން ފުލުހުންނަށް ހުށަހެޅުނު ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން ދެ ލައްކައަށްވުރެ ގިނަ ފައިސާ ފާއިތުވި ހަފްތާގައި ހޯދާފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ، ސެޕްޓެންބަރު މަހުގެ 28 އިން މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 42 މައްސަލައެއް ހުށަހެޅިފައިވެއެވެ. މިމައްސަލަތަކުގައި ޖުމްލަ 318،342.50 ރުފިޔާ ގެއްލިފައިވާއިރު، މިފައިސާގެ ތެރެއިން ޖުމްލަ 221،243.33 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.

މި މުއްދަތުގައި ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، ސްކޭމްގެ އެންމެ ގިނައިން ހުށަހެޅިފައިވަނީ އިކޮމަރސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަށް ކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން މިފަދަ 19 މައްސަލައެއް ހުށަހެޅިފައިވާއިރު، ދެން އެންމެ ގިނައިން ހިމެނެނީ ކަރަންސީ އެކްސްޗޭންޖުގެ މައްސަލަ ކަމަށާއި، ކަރަންސީ އެކްސްޗޭންޖުގެ 6 މައްސަލައެއް ހުށަހެޅިފައިވާއިރު، މި މުއްދަތުގައި އިމްޕަރސަނޭޝަންގެ 7 މައްސަލަ ހުށަހެޅިފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ސްކޭމްތަކުން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ކުރެވިދާނެ ބައެއް ކަންކަމަކީ:

ވަރުގަދަ ޕާސްވޯޑް ބޭނުންކުރުން

އެކައުންޓުތަކުގައި ބޭނުންކުރާ ބަލިކަށި ޕާސްވޯޑަކީ ހެކަރުންނަށް ހުޅުވިފައިވާ ދޮރެކެވެ. ބަލިކަށި ޕާސްވޯޑުތައް ބޭނުންކުރުމަކީ އޮންލައިންގެ ރައްކާތެރިކަމަށް އޮތް ވަރަށްބޮޑު ނުރައްކަލެކެވެ. ވަރުގަދަ ޕާސްވޯޑުތައް ބޭނުންކުރުމަކީ ޑިޖިޓަލް ދުނިޔެ އިތުރަށް ރައްކާތެރިކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. ޕާސްވޯޑުތައް ވަރުގަދަކުރުމަށް ކުރެވިދާނެ ކަންކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

ޕާސްވޯޑް މެނޭޖަރެއްގެ ބޭނުންހިފުން

ވަރުގަދަ، ދިގު ތަފާތު ޕާސްވޯޑުތައް ހަނދާނުގައި ބެހެއްޓުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. އެހެންކަމުން ޕާސްވޯޑް މެނޭޖަރެއް ބޭނުންކުރެވިދާނެއެވެ. ޕާސްވޯޑު މެނޭޖަރަކީ ވަރުގަދަ ޕާސްވޯޑުތައް ޖެނެރޭޓްކުރުމާއި ޕާސްވޯޑުތައް ރައްކާކުރުމުގެ އިތުރުން އައިޑީކާޑާއި ޕާސްޕޯޓު ފަދަ މުހިންމު މައުލޫމާތު ރައްކާކުރުމަށް ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ. ޕާސްވޯޑު މެނޭޖަރު ބޭނުންކުރާނަމަ ހަނދާނުގައި ބަހައްޓަން ޖެހޭނީ ހަމައެކަނި ޕާސްވޯޑު މެނޭޖަރަށް ވަނުމަށް ބޭނުންކުރާ ޕާސްވޯޑެވެ.

 

މަލްޓި ފެކްޓަރ އޯތެންޓިކޭޝަން

މަލްޓިފެކްޓަރ އޯތެންޓިކޭޝަން (އެމްއެފްއޭ) އޮންކުރުމަކީ ރައްކާތެރިކަމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ. މިއީ އޮންލައިން އެކައުންޓުތަކާއި އެޕްލިކޭޝަންތަކަށް އިތުރު ސަލާމަތްތެރިކަމެއް ފޯރުކޮށްދޭ ނިޒާމެކެވެ. މަލްޓިފެކްޓަރ އޯތެންޓިކޭޝަން އޮންކޮށްފައިވާނަމަ ހެކަރަށް ތިމާގެ ޕާސްވޯޑު ލިބުނުކަމުގައި ވިޔަސް ހަަމައެކަނި އެ ޕާސްވޯޑު ބޭނުންކޮށްގެން އެކައުންޓަށް ލޮގިން ނުވެވޭނެއެވެ. އެމްއެފްއޭ ހެދުމުން، މެސެޖަކުން ނުވަތަ އީމެއިލްއަކުން ފޮނުވޭ ކޯޑެއް، އެޕްއަކުން އުފައްދާ ކޯޑެއް ނުވަތަ އިނގިލީގެ ނިޝާން ނުވަތަ މޫދު ދެނެގަތުން ފަދަ ބަޔޯމެޓްރިކްސް އޯތެންޓިކޭޝަން އިތުރު ސެކިއުރިޓީ ލޭޔަރއެއް ލެވިގެންދާނެއެވެ. ސެކިއުރިޓީ މާހިރުންގެ ނަޒަރުގައި އެމްއެފްއޭ ގޮތުގައި އޯތެންޓިކޭޝަން އެޕްތައް ބޭނުންކުރުމަކީ އެންމެ ރަނގަޅު އެއްގޮތެވެ.

ސޮފްޓްވެއާ އަޕްޑޭޓްކުރުން

އަޕްޑޭޓް އެލާޓެއް ފެންނަ ހިނދު، ލަސްނުކޮށް އަޕްޑޭޓްކުރަން އާދަކުރާށެވެ. ސޮފްޓްވެއާ އަޕްޑޭޓްސްއަކީ ސޮފްޓްވެެއާގައި ހުންނަ ބަލިކަށިކަން ފޫބެއްދުމަށް ނެރޭ އަޕްޑޭޓްސްއެކެވެ. މި އަޕްޑޭޓްސްތައް ގަވާއިދުން އިންސްޓޯލް ނުކުރާނަމަ ސޮފްޓްވެއާގައި ހުންނަ ބަލިކަށިކަމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި، ހެކަރުން ހަމަލާދޭން މަސައްކަތް ކުރާނެއެވެ. ސޮފްޓްވެއާ އަޕްޑޭޓްކޮށްފައި ބެހެއްޓުމަކީ ޓެކްނޮލޮޖީގެ ބޭނުން ރައްކާތެރިގޮތުގައި ހިފުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. މިކަން އިތުރަށް ފަސޭހަކުރުމަށް އޮޓޮމެޓިކް އަޕްޑޭޓްތައް އޮން ކޮށްލާށެވެ.

ފިޝިންގ ލިންކުތައް ދެނެގަނެ ރިޕޯޓުކުރުން

ފިޝިންގ ސްކޭމްތަކަކީ އިތުބާރުހުރި މަސްދަރަކުން ފޮނުވާ މެސެޖެއް ކަމަށް ފެންނަގޮތަށް ފަރުމާކޮށްފައި ހުންނަ ހީލަތްތެރި އޮންލައިން މެސެޖުތަކެކެވެ. ރައްކާތެރި އީމެއިލް އެޓޭޗްމަންޓެއް ނުވަތަ އިމޭޖެއް ގޮތަށް ފެނުނު ނަމަވެސް ގޮތްނޭނގޭ މީހުން ފޮނުވާ އީމެއިލްތަކާއި މެސެޖުތަކުގައި އެޓޭޗްމަންޓުތައް ހުޅުވައިލުމުން ވަލްވެއަރ (ވައިރަސް) ޑިވައިސްއަށް ވަންނާނެއެވެ. މެސެޖުގައި ހިމަނާފައިވާ ފިޝިންގ ލިންކަށްވަދެ ފޯމެއް ފުރައިފިނަމަ ނުވަތަ ލޮގްއިން ކޮށްފިނަމަ އެ މައުލޫމާތު ލިބޭނީ ސީދާ ހެކަރަށެވެ. މި ސަބަބަށްޓަކައި، ފިޝިންގެ ނިޝާންތައް ދެނެގަންނަން ދަސްކޮށް، ޑިވައިސްތަކާއި ޑޭޓާ ރައްކާތެރިކުރުމަށް ފިޝިންގ ހާދިސާ ރިޕޯޓުކުރާ ބަޔަކަށް ކޮންމެ މީހަކު ވެސް ވާންޖެހެއެވެ.

ފުލުހުން ބުނީ އޮންލައިން ރައްކާތެރިކަމަކީ އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމެއްކަމަށެވެ. މި މައުލޫމާތު އެހެން މީހުންނާ ހިއްސާކުރުމަކީ މުޅި މުޖުތަމައުގެ ޑިޖިޓަލް ރައްކާތެރިކަން އިތުރުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިލަންދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތާއެކު ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފިޚަބަރު | 3 ގަޑިއިރު ކުރިންއިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުން، ބައިވެރިވުން އޮތް ކަސްޓަމްސް އޮފިސަރަކަށް ހަރުކަށި ފިޔަވަޅު އަޅާނަން: ކަސްޓަމްސްޚަބަރު | 10 ގަޑިއިރު ކުރިން ދެ ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފިޚަބަރު | 20 ގަޑިއިރު ކުރިން