logoEN
ޚަބަރު

ބޭންކުގެ މުވައްޒަފަކު ކަސްޓަމަރުންގެ އެކައުންޓްތަކުން ފައިސާ ނެގިކަން ސާބިތުވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ

30 ސެޕްޓެމްބަރު 2024 - 09:27

ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުތަކަކުން ފައިސާ ވަގަށް ނެގި މައްސަލައެއްގައި އުފުލުނު ދައުވާއެއް އެ ބޭންކުގެ ކުރީގެ މުވައްޒަފެއްގެ މައްޗަށް ސާބިތުވެއްޖެއެވެ.

ބޭންކްގެ ކުރީގެ މުވައްޒަފެއްކަމަށްވާ އަލީ މާޒިންގެ މައްޗަށް ދައުލަތުން ހިޔާނާތުގެ ދައުވާކުރީ ބީއެމްއެލްގައި އޭނާ ވަޒީފާ އަދާ ކުރިއިރު، ކަސްޓަމަރުންގެ ހުއްދަ ނެތި އިންޓަނެޓް ބޭންކުގައި އެ މީހުން ރަޖިސްޓްރީ ކުރުމަށްފަހު އެކައުންޓްތަކުން 482،000ރ. މާޒިންގެ ކްރެޑިޓް ކާޑު ޕޭމަންޓްތަކާއި ފޮރެކްސް ޓްރާންސްއެކްޝަންތައް ހިންގުމަށް ބޭނުން ކޮށްފައިވާތީ އެވެ.

މި މައްސަލަ އޭނާގެ މައްޗަށް ސާބިތުވެއްޖެކަމަށް ނިންމައި ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ 56،000 ރުފިޔާއިން އޭނާ ޖޫރިމަނާކޮށް، 40 ގަޑިއިރު މުޖުތަމަޢުއަށް ޚިދުމަތްކުރަން އަމުރުކޮށްފައެވެ.

މި ޖޫރިމަނާގެ ފައިސާ 3 މަސްދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށާއި، ގެއްލުނު ފައިސާ ބޭންކަށް އަނބުރާ ދޭންޖެހޭ ކަމަށް ވެސް ހުކުމުގައި ބުނެފަވެއެވެ.

މި ޙުކުމް އައީ އޭނާ ކުށަށް އިޢުތިރާފުވެ، ދައުލަތާއެކު އަދަބު ލުއިކުރުމުގެ އެއްބަސްވުމެއް ހެދުމާ ގުޅިގެންނެވެ.

ކޮމެންޓް

871x217_placeholder