logo
Bank of Maldives

Bank of Maldives

ޚަބަރު

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަރަށް ބޮޑުވެއްޖެ

މަރިޔަމް ޔަނާ އަލީ
25 އޯގަސްޓު 2024 - 11:31
ޑޮލަރު: ޑޮލަރުތައް ގަންނަން ލިބޭ އަގު ވަނީ ވަރަށް ބޮޑުވެފައި
ޑޮލަރު: ޑޮލަރުތައް ގަންނަން ލިބޭ އަގު ވަނީ ވަރަށް ބޮޑުވެފައި

ރާއްޖޭގެ ކަޅު ބާޒާރުން ގަންނަން ލިބޭ ޑޮލަރުގެ އަގު ވަރަށް ބޮޑު ވެއްޖެއެވެ.

ޑޮލަރުގެ އަގު ބޮޑުވެފައިވަނީ ބޭރުގެ ޓްރާންސެކްޝަންތަކުގައި ޑޮލަރުން ކެނޑުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެނައި ބަދަލުތަކާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން މިއަދު ހެނދުނު ބޭންކުން ކުރި އިއުލާނުގައި ގެނައި ބަދަލުތަކުގެ ތެރޭގައި:

  • މިހާރު ހުރި ޑެބިޓް ކާޑުތައް: އެމްވީއާރު އެކައުންޓްތަކާ ގުޅިފައިވާ ކާޑަށް ބޭރުގެ މުއާމަލާތްތަކަށް ދޭ އެލަވަންސް ސަސްޕެންޑް ކުރުން
  • އައު ޑެބިޓް އަދި ކްރެޑިޓް ކާޑު: އެމްވީއާރު އެކައުންޓުތަކާ ގުޅިފައިވާ ކާޑުތަކަށް ބޭރުގެ މުއާމަލާތްތަކަށް ދޭ އެލަވަންސް މެދުކަނޑާލުން
  • މިހާރު ހުރި ސްޓޭންޑަރޑް އަދި ގޯލްޑް ކަރެޑިޓް ކާޑު: ބޭރުގެ މުއާމަލާތްތަކަށް މަހުން މަހަށް ލިމިޓް 100 ޑޮލަރަށް ދަށްކުރުން

 

ރާއްޖޭގެ މަރުކަޒީ ބޭންކްގެ ތެރެއިން ޑޮލަރު ނުލިބި އެކަމުގެ ތާށިކަން އިންތިހާއަށް ބޮޑެވެ. އެގޮތުން މި ފަހަކުން އައިސް އާންމު ގޮތެއްގައި 18 ރުފިޔާއަށް ލިބޭ ޑޮލަރު، މިއަދު ލިބެން ހުރީ 20 ރުފިޔާ އާއި 21 ރުފިޔާގެ ދެމެދުގެ އަގެއްގައެވެ.

އަދި ބޭންކުތަކުން ޑޮލަރު ގަންނަން ލިބޭ އަގަކީ 15.42 ރުފިޔާ ކަމުގައި ވީ ނަމަވެސް، އެ އަގުގައި ޑޮލަރު ނުލިބޭތާ އެތައް ދުވަހެއް ވެއްޖެއެވެ. އެހެންކަމުން ބޭންކުތަކުގައި ދައުރުވާ ޑޮލަރުގެ ތާށިކަމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ޑޮލަރުގެ އެކްސްޗޭންޖް ރޭޓަށް ހެޔޮ ބަދަލެއް އަތުވެއްޖެ: މިނިސްޓަރ ސައީދުޚަބަރު | 3 ގަޑިއިރު ކުރިންޑެބިޓްކާޑަށް "ކްރޮސް ބޯޑަރ" ފީ ނެގުން މިރެއިން ފެށިގެން ނިމުމަކަށްޚަބަރު | 4 ދުވަސް ކުރިންބީއެމްއެލްއިން ޓީޓީތަކަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކުރަން ނިންމައިފިޚަބަރު | މަހެއް ކުރިންގައުމީ ބޭންކުން ކޮންމެ ދުވަހަކު 2.7 މިލިޔަން ޑޮލަރު ވިއްކާޚަބަރު | މަހެއް ކުރިން