logo
ސިއްޙީ ދިރާސާތައް ކުރިއަރުވަން 'މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން' ނެރެފިMPL

MPL

ޚަބަރު

ގައުމީ ބޭންކުން ކޮންމެ ދުވަހަކު 2.7 މިލިޔަން ޑޮލަރު ވިއްކާ

އަޙުމަދު ރިޝާން
11 އޯގަސްޓު 2026 - 12:14
ގައުމީ ބޭންކުން ކޮންމެ ދުވަހަކު 2.7 މިލިޔަން ޑޮލަރު ވިއްކާ

ދިވެހިރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އިން ކޮންމެ ދުވަހަކު 2.7 މިލިޔަން ޑޮލަރު ވިއްކާ ކަމަށް އެ ބޭންކުން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ގެނެސްދިން "އިގްތިސޯދީ ދެފަރާތް" ޕެނަލް ޑިސްކަޝަންގައި ބޭންކްގެ ތަފާސްހިސާބުތައް ހިއްސާކުރަމުން އެބޭންކްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓްރެޓެޖީ މުޙައްމަދު ސަޢީދު ވިދާޅުވީ ދުވާލެއްގެ މައްޗަށް އެ ބޭންކުން އެކި ބޭނުންތަކަށް 2.7 މިލިޔަން ޑޮލަރު ވިއްކާ ކަމަށާއި މިއަހަރު އެކަނި 570 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސައީދު ވިދާޅުވީ ވިޔާފަރިވެރިން އެދިގެން 270 މިލިޔަން ޑޮލަރުން ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށެވެ. އަދި އިގްތިސޯދީ އެކި ބޭނުންތަކަށް މިއަހަރު ގާތްގަނޑަކަށް ނުވަ ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ އިގްތިސޯދުގެ މައި އިންޖީނު ކަމަށާއި ރާއްޖޭގެ އިގްތިސޯދު ރަނގަޅުވާއިރަށް ބޭންކް އޮފް މޯލްޑިވްސް އަށް ރަނގަޅުވާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތާރީޚީ ކާމިޔާބީއެއް: ދުނިޔޭގެ އެންމެ ހިންގުންތެރި ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލްވިޔަފާރި | 4 ގަޑިއިރު ކުރިން‘’މަގުބޫލު އީ-ކޮމާސް ސައިޓުތަކަށް ސިކުންތަކު 70 އަށްވުރެ ގިނަ މުއާމަލާތް ހިނގާ’’ވިޔަފާރި | މަހެއް ކުރިންޑެބިޓްކާޑަށް "ކްރޮސް ބޯޑަރ" ފީ ނެގުން މިރެއިން ފެށިގެން ނިމުމަކަށްޚަބަރު | މަހެއް ކުރިންބީއެމްއެލްއިން ޓީޓީތަކަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުކުރަން ނިންމައިފިޚަބަރު | 2 މަސް ކުރިން