logoEN
ޚަބަރު

7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މާދަމާ ފަށަނީ

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު

30 ސެޕްޓެމްބަރު 2024 - 11:14

7 ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

ތައުލީމީ ވުޒާރާއިން ބުނީ، އޮކްޓޫބަރު މަހުގެ 1-2 އަށް ސީ.އެޗް.އެސް.އީ-މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްއަކީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން، މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަންނީ މުއައްޒަފުންނަށް އަމާޒުކޮށް ބާއްވާ ކޮންފަރެންސެއް ކަމަށެވެ.

މިއަހަރުގެ ކޮންފަރެންސްއަށް ޚާއްޞަ ކުރެވިފައިވާ ތީމް އަކީ

"Educate، Empower, Elevate: Equitable Education for 21st Century Excellence"

ދެދުވެހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި ބައިވެރިވުމަށް 250 ފަރާތަކުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އެގޮތުން މިއަހަރުގެ ކޮންފަރެންސް އަށް 60 ރޮސާރޗް ޕާޕަރާއި، 4 ކޭސް ސްޓަޑީ ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން 2 ޕެނަލް ޑިސްކަޝަން ކުރިއަށްދާނެއެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރެވިދާނެ ގޮތްތައް ދެނެގަތުމަށާއި، ކިޔަވައިދިނުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

މީގެ އިތުރުން ބޭރު ގައުމުތަކުގެ ތައުލީމީ ދާޢިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ރާއްޖެ ތައާރަފްކޮށްދިނުމާއެކު ރާއްޖޭގައި އެކަޑެމިކް ޓުއަރިޒަމް ކުރިއެރުވުމަށް ކުރިއަށްގެންދާ ބައްދަލުވުމެއް ކަމަށް ތައުލީމީ ވުޒާރާއިން މައުލޫމާތު ދެއެވެ.

2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ކޮންފަރެންސް އެންމެ ފަހުން ބާއްވާފައިވަނީ 2022 ވަނަ އަހަރު ކުޅުދުއްފުށި ސިޓީގައެވެ. އެ ކޮންފަރެންސްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 220 އަށް ވުރެ ގިނަ ޓީޗަރުންނާއި، ޢިލްމީ ބޭފުޅުން ބައިވެރިވިއެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder