logoEN
ޚަބަރު

ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ކަނޑުމަތީގައި މަރުވެފައި އޮތް މީހަކު ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތަރެިވަނީ. ފޮޓޯ/ މެންދުރު

ކަނޑުމަތީގައި މަރުވެފައި އޮތް މީހަކު ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތަރެިވަނީ. ފޮޓޯ/ މެންދުރު

އައިޝަތު އަޙްމަދުއައިޝަތު އަޙްމަދު

30 ސެޕްޓެމްބަރު 2024 - 12:32

ކަނޑުމަތިން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ، އުސްފަސްގަނޑާ ދިމާ ކަނޑުމަތީގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު ލިބިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ، ކަނޑުމަތީގައި މަރުވެފައި މީހަކު އޮތް ކަމަށް މިއަދު 17:06 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި އެއީ ދިވެހި ފިރިހެނެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށާއި، އެމީހާ މިހާރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، އެމީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder