logo
Bank of Maldives

Bank of Maldives

ކުޅިވަރު

ތެލުގެ ވިޔަފާރިތަކާއި ސްޓޭޓް ތަކުން ހިންގާކުލަބުތަކާއި ވާދަކުރަން ދުނިޔޭގެ އެންމެ މުއްސަދި ކުލަބު ދެބައިކޮށްލަނީ

އަބްދުﷲ ޣާނިމް
18 އޮކްޓޯބަރު 2025 - 05:18
ރެއާލް މެޑްރިޑްގެ ރައީސް ޕެރޭޒް
ރެއާލް މެޑްރިޑްގެ ރައީސް ޕެރޭޒް

ދުނިޔޭގެ އެންމެ މުއްސަދި ކުލަބް ކަމަށް ފޯބްސްއިން ޖެހިޖެހިގެން ދެވަނަ އަހަރު ހޮވި ރެއާލް މެޑްރިޑްގެ (އޯނަރޝިޕް) މިލްކުވެރިކަމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، ބޭރުގެ އިންވެސްޓަރުންނަށް ކުލަބުގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލުމަށް އެ ކުލަބުން ވިސްނަމުންދާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ދި އެތްލެޓިކްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މިހާރު ވަނީ މި މުހިންމު ބަދަލުތައް ގެނައުމުގެ މަސައްކަތް އަވަސްކުރަން ފަށާފައެވެ. މިހާރު ކުލަބު މިލްކްވެރިޔަކީ "ސޯސިއޯސް" ގެ ނަމުން މަޝްހޫރު ކުލަބުގެ މެމްބަރުންނެވެ. މި އޮނިގަނޑު ގެންގުޅެނީ ހަމައެކަނި ހަތަރު ކުލަބަކުންނެވެ. އެއީ ރެއާލްގެ އިތުރުން ބާސެލޯނާ އާއި އޮސަސޫނާ އާއި އެތްލެޓީކޯއިންނެވެ. އެހެންކަމުން މިފަދަ ބަދަލެއް ގެނައުމަށް މެމްބަރުންގެ ހުއްދަ ބޭނުންވާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރިއަލް މެޑްރިޑްގެ ރައީސް ފްލޮރެންޓިނޯ ޕެރެޒް ވަނީ 2024 ގެ ނޮވެމްބަރުގައި، ބޭރުގެ އިންވެސްޓްމަންޓަށް ކުލަބު ހުޅުވާލުމާ ގުޅޭ ގޮތުން ވޯޓެއް ނެގުމަށް ވިސްނަމުންދާ ކަމަށް ހާމަކޮށްފައެވެ. އޭނާ ދެކޭ ގޮތުގައި ހަމައެކަނި މެމްބަރުންގެ މިލްކުވެރިކަމުގެ ދަށުގައި ކުލަބު އޮތުމުން، ޓްރާންސްފަރ މާކެޓުގައި އެހެން ކުލަބުތަކާ ވާދަކުރުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ. ރެއާލްގެ މި ވިސްނުމަކީ މިހާރު ފުޓްބޯޅައިގެ ޓްރާންސްފާ މާކެޓް ޑޮމިނޭޓް ކުރަމުންގެންދާ އަދި ތެލުގެ ވިޔަފާރިތަކާއި ސްޓޭޓްތަކުން ސޮޕްންސަރ ކުރާ ޓީމުތައް އަދި ބިލިޔަނަރުންގެ އަމިއްލަ ޖީބުތަކުން މިހާރު ޓްރާންސްފާ މާކެޓް ކޮންޓްރޯލް ކުރަމުންގެންދާ ކުލަބުތަކާއި މާލީގޮތުން އެއް ހަމައެއްްގައި ފައި ސާބިތުކުރުމުގެ މަގުހޯދުމެވެ.

އެގޮތުން އެއް ހުށަހެޅުމެއްގެ ގޮތުގައި ވިސްނަމުންދަނީ ކުލަބު ދެބަޔަކަށް ބައިކުރުމަށެވެ. އެގޮތުން ފުޓްބޯޅަ ކުލަބު ދެމިއޮންނާނީ ސޯސިއޯސްގެ މިލްކުވެރިކަމުގެ ދަށުގައެވެ. އަދި ވިޔަފާރީގެ ބައިގައި އިންވެސްޓަރުންނަށް ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ. މި ބަދަލު ގެނައުމަށް ވޯޓަށް އެހުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނޮވެމްބަރުމަހު ބޭއްވޭ ޖެނެރަލް އެސެމްބްލީގައެވެ.

ސޯސިއޯސްގެ މެމްބަރުކަން ލިބެނީ މިހާރުގެ ނުވަތަ ކުރީގެ މެމްބަރުންގެ ދަރިންނާއި، ދަރިންގެ ދަރިންނަށެވެ. މިގޮތުން ޖުމްލަ 100،000 މެމްބަރުން ތިބި ނަމަވެސް، ޖެނެރަލް އެސެމްބްލީގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ އެންމެ 2،000 މެމްބަރުންނަށެވެ. މި މެމްބަރުންނަށް ކިޔަނީ "ކޮމްޕްރޮމިސާރިއޯސް" އެވެ.

ފާއިތުވެދިޔަ ދެ އަހަރުވެސް ކުލަބަށް 1 ބިލިއަން ޔޫރޯއަށްވުރެ ގިނަ އާމްދަނީ ލިބިފައިވާ، އަދި ދުނިޔޭގެ އެންމެ ސަޕޯޓަރުން ގިނަ އެއް ކުލަބުން މިފަދަ ގޮތަކަށް ހުޅުވާލައިފިނަމަ، ގިނަބަޔަކު ކުލަބުގައި އިންވެސްޓް ކުރާނެކަމަށް ރެއާލް މެޑްރިޑުން ދެކެއެވެ. ނަމަވެސް މިފަދަ ބޮޑު ބަދަލެއް ގެނައުމުގެ ކުރިން ގާނޫނީ ގޮތުން ވަރަށް ބޮޑަށް ދިރާސާކުރަން ޖެހޭނެއެވެ. ރެއާލްގެ ރައީސް އަކީ ސޯސިއޯސް އިން އިންތިޚާބުކުރާ މީހަކަށްވެފައި، ކުލަބުގެ ސޯސިއޯސްގެ ތާއީދު ގެއްލޭނެ ފަދަ ނާޒުކު ނިންމުމެއް ކުލަބުން ނިންމުމުގައި މޭނޭޖްމަންޓުން ވަރަށް ބޮޑަށް ވިސްނާނެކަމަށް ވަނީ ބެލެވިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތެލުގެ ވިޔަފާރިތަކާއި ސްޓޭޓް ތަކުން ހިންގާކުލަބުތަކާއި ވާދަކުރަން ދުނިޔޭގެ އެންމެ މުއްސަދި ކުލަބު ދެބައިކޮށްލަނީކުޅިވަރު | 9 ގަޑިއިރު ކުރިންސުޕަލީގު އަތަށް ގޮވައި ބާސާއިންވެސް ޔުއޭފާ އާއި ގުޅެނީ، ރެއާލް އެކަނިވެއްޖެކުޅިވަރު | 7 ދުވަސް ކުރިންއެމްބާޕޭގެ ހެޓްރިކާއެކު މެޑްރިޑް އަށް ބޮޑު މޮޅެއްކުޅިވަރު | 17 ދުވަސް ކުރިންސިމިއޯނީ އެލަންސޯއަަށް ބޯޅަ ކުޅޭގޮތުގެ ފިލާވަޅެއް ނަގައިދީ ރެއާލް ލަދުގަންނަވާލައިފިކުޅިވަރު | 21 ދުވަސް ކުރިން