logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވި އަލިފާން ނިއްވާލައިފި

ޢައްފާން މުޙައްމަދު
18 އޮކްޓޯބަރު 2025 - 06:25
ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވި އަލިފާން ނިއްވާލައިފި

ހުޅުމާލެ އެޕާޓްމަންޓެއްގައި ރޯވި އަލިފާން ނިއްވާލައިފިއެވެ.

ގައުމީ ދިފާޢީ ބާރުން ބުނީ، ހުޅުމާލެ ފޭސް 1ގެ ލޮޓް 10066 އެޕާޓްމަންޓުގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިއަދު 08:49 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

މި މައުލޫމާތު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާ އެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.

މިގޮތުން ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ 09:25 ހާއިރުއެވެ.  

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެ އެޕާޓްމަންޓުންގެ އެއް ކޮޓަރިއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވި އަލިފާން ނިއްވާލައިފިޚަބަރު | 9 ގަޑިއިރު ކުރިންއަމީން އެވެނިއު ކުރިމަތީ އޮތް ކާރެއްގައި ރޯވި އަލިފާން ނިއްވާލައިފިޚަބަރު | 25 ދުވަސް ކުރިންނަސަންދުރަ ކައިރީ ރޯވި އަލިފާންގަނޑު ނިއްވާލައިފިޚަބަރު | މަހެއް ކުރިން