logo
Bank of Maldives

Bank of Maldives

ޚަބަރު

100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކުރިކުރުމުންވެސް އިސްލާހު ނުވި، ވައްކަމުގެ މައްސަލައެއްގައި އަނެއްކާ ހައްޔަރުކޮށްފި

އައިމިނަތު މޫސާ
18 އޮކްޓޯބަރު 2025 - 14:34
100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކުރިކުރުމުންވެސް އިސްލާހު ނުވި، ވައްކަމުގެ މައްސަލައެއްގައި އަނެއްކާ ހައްޔަރުކޮށްފި

އެކި ބާވަތުގެ ކުށުގެ މައްސަލަތަކުގައި 100 އަށްވުރެ ގިނަ ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހަކު، ލެޕްޓޮޕެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

އެކި ބާވަތްތަކުގެ މައްސަލަތަކުގައި 100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށްފައިވާ މީހަކީ، ތ. ތިމަރަފުށީ ލަކީހައުސް، ސަފްވާން އަލީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ މި ފަހަރު ހައްޔަރުކުރީ ލެޕްޓޮޕެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ. އޭނާ ހައްޔަރުކޮށް ބަންދު މުއްދަތަށް ހާޒިރު ކުރުމުން 10 ދުވަހަށް އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ. އޭނާގެ މައްޗަށް މި ފަހަރު ތުހުމަތު ކުރަނީ، ވައްކަން ކުރުމާއި އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ތުހުމަތެވެ.

ރެކޯޑްތަކުން ދައްކާ ގޮތުގައި މި މީހާއަކީ އެކިއެކި މައްސަލަތަކުގައި 100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށް މުއްދަތު ޖަހާފައިވާ މީހެކެވެ. އެގޮތުން ސަފްވާން އަލީގެ ކުށުގެ ރެކޯޑުތަކުގެ ތެރޭގައި، މި އަހަރުގެ ކުރީކޮޅު ހިނގި ބިދޭސީއެއްގެ އަތުން ފައިސާ ފޭރުމުގެ މައްސަލައެއް ހިމެނެއެވެ. މި މައްސަލައިގައި އޭނާ އެހެން މީހަކާއެކު 33,500 ރުފިޔާ ފޭރުނު ކަމަށް ތުހުމަތު ކުރެވުނުއިރު، އެފަހަރުވެސް އޭނާ ބަންދު މުއްދަތަށް ޖެހިއެވެ.

އަދި އެ މައްސަލައަށްފަހު، ޓްރިމަރަކާއި ފަސް ގަލަން ފޮށި ވަގަށް ނެގި މައްސަލައެއްވެސް ފެންމަތިވިއެވެ. އެފަހަރުވެސް އޭނާ ހައްޔަރުކޮށް ބަންދު މުއްދަތު ޖަހާފައިވާކަން ރެކޯޑުތަކުން ދައްކައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށްފި ޚަބަރު | 36 މިނިޓު ކުރިންފުލުހުންގެ ހިތްވަރަށް ސާބަސް: ގެއްލުނު 109 ސައިކަލާއި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ މިދިޔަ މަހު ވެސް ހޯދާފައިވޭޚަބަރު | 6 ގަޑިއިރު ކުރިންސައިބަރ ކުށްތަކަށް ހޭލުންތެރިކުރުމަށް ހާއްސަ އެޕެއް ތައާރަފުކުރަނީޚަބަރު | 21 ގަޑިއިރު ކުރިން100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކުރިކުރުމުންވެސް އިސްލާހު ނުވި، ވައްކަމުގެ މައްސަލައެއްގައި އަނެއްކާ ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިން