logo
Bank of Maldives

Bank of Maldives

ޚަބަރު

ކައުންސިލް އިންތިހާބު އަންނަ އަހަރުގެެ މާރޗު 28 ގައި

އައިޝަތު ނަޝާ
19 އޮކްޓޯބަރު 2025 - 13:26
ކައުންސިލް އިންތިހާބު އަންނަ އަހަރުގެެ  މާރޗު 28 ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ވަނަ އަހަރުގެ މާރޗު މަހުގެ 28 ގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މިފަހަރުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކެންޑިޑެސީ ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.މަރޗް 28 ގައި ބާއްވާ އިންތިހާބަށް ކެންޑިޑެސީއަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 17 ވަނަ ދުވަހު އެވެ.އަދި މި އިންތިހާބަށް މަދުވެގެން 70 އާއި 80 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ހަރަދު ހިނގާނެ ކަމަށް ބެލެވޭކަމަށް އިލެކްޝަން ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވަނީ ބުނެފައެވެ. 

Ad by Hajj Corporation

Ad by Hajj Corporation

ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ޓީމުތަކާއި އެމްޑީޕީންވެސް ވަނީ ކެމްޕޭންތައް ފަށާފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުންވެސް ތައްޔާރީތައް ވަމުން އަންނައިރު، އިންތިހާބުގެ މަސައްކަތްތަކަށް މުވައްޒަފުން ހޯދުމަށް ބޭއްވި ވޯކް-އިން އިންޓަވިއުގައި 100އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން މައުލޫމާތު ދެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެ އިންތިހާބަށް ރަށްތަކާއި، ސިޓީތަކުގައި މި އަހަރުގެ ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ މައުލޫމާތު އާންމުކޮށްފަ އެވެ.މީގެ އިތުރުން، އިންތިޚާބަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކެއް އަންނަ މަހުން ފެށިގެން ޑިސެމްބަރު މަހާ ހަަމައަށް ކުރިއަށްދާނެކަމަށްވެސް އީސީން މައުލޫމާތުދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީސީގެ އަންދާޒާ: ލޯކަލް ކައުންސިލް އިންތިހާބަށް 80 މިލިއަން ރުފިޔާ ހަރަދުވާނެޚަބަރު | 2 ގަޑިއިރު ކުރިންކައުންސިލް އިންތިހާބު އަންނަ އަހަރުގެެ މާރޗު 28 ގައި ޚަބަރު | 7 ގަޑިއިރު ކުރިންއައްޑޫގައި ކުރިއަށްގެންދާ ޚިޔާލު ހޯދުމުގެ އާންމު ވޯޓުލުމުގެ ޙައްޤު 9576 މީހަކަށްޚަބަރު | 10 ގަޑިއިރު ކުރިންއައްޑޫ ރައްޔިތުންގެ ހިޔާލުހޯދުމަށް ނަގާ އާންމު ވޯޓުގެ މޮނިޓަރަކަށްވުމުގެ ފުރުސަތު އިތުރުކޮށްފިޚަބަރު | 3 ދުވަސް ކުރިން