logo
Bank of Maldives

Bank of Maldives

ވިޔަފާރި

އިންޑިއާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް!

އާމިނަތު ޝަފާ
20 އޮކްޓޯބަރު 2025 - 04:37
ފަތުރުވެރިންތަކެއް ރާއްޖޭގެ މައި ބަނދަރުގައި
ފަތުރުވެރިންތަކެއް ރާއްޖޭގެ މައި ބަނދަރުގައި

އަވަށްޓެރި އިންޑިއާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ އިތުރުވެއްޖެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން އިންޑިއާއަކީ ރާއްޖެއަށް 6ވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމެވެ. އެގޮތުން އިންޑިއާއިން ރާއްޖ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ އެއްލައްކަ ފަހަނައަޅައިގޮސްފައެވެ. ރާއްޖެއަށް އަދިވެސް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގަދަ 5 ގައުމު:

* ޗައިނާ: 284،933 ފަތުރުވެރިން
* ރަޝިއާ: 213،851 ފަތުރުވެރިން
* އިނގިރޭސިވިލާތް: 152،884 ފަތުރުވެރިން
* ޖަރުމަނުވިލާތް: 116،705 ފަތުރުވެރިން
* އިޓަލީވިލާތް: 100،596ފަތުރުވެރިން

ފަތުރުވެރިކަމުގެ ހިދުމަތްދިނުމަށް މިިހާތަނަށް 174 ރިސޯޓު، 929 ގެސްޓުހައުސް، 163 ސަފާރީ، 16 ހޮޓާ ހިމެނޭހެން ޖުމްލަ 1,282 ޓޫރިސްޓު ފެސިލިޓީއެއް ވަނީ ފަތުރުވެރިންނަށް ހުޅުވާލާފައެވެ. މި ތަންތަނުން ފަތުރުވެރިކަމަށް 64,806 އެނދު ވަނީ އޮޕަރޭޝަނަށް ގެނެވިފައެވެ.

މިއަހަރު ރާއްޖެއަށް 2.3 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޑިއާއިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ މައްޗަށް!ވިޔަފާރި | 7 ގަޑިއިރު ކުރިންއަމާޒަށް ވާސިލުވުމަށް ދެން ބޭނުންވަނީ 5 ލައްކަ ފަތުރުވެރިން ޚަބަރު | 3 ދުވަސް ކުރިންއަމާޒަށް ވާސިލުވުމަށް ދެން ބޭނުންވަނީ 598,215 ފަތުރުވެރިންޚަބަރު | 8 ދުވަސް ކުރިންރަޝިއާއިން ދެ ލައްކަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި ޚަބަރު | 13 ދުވަސް ކުރިން