logo
MPL

MPL

ޚަބަރު

މާލެ އާއި ވިލިމާލޭގައި އާއްމުކޮށް ފެންނާނެ ގޮތަށް ގޭގެ ނަންބޯޑު ހަރުކުރަން އަންގައިފި

އާމިނަތު ޝަފާ
20 އޮކްޓޯބަރު 2025 - 05:05
މާލެ ސިޓީގެ މަލަމަތި -- ފޮޓޯ: މިހާރު
މާލެ ސިޓީގެ މަލަމަތި -- ފޮޓޯ: މިހާރު

މާލެ އާއި ވިލިމާލޭގައި އާއްމުކޮށް ފެންނާނެ ގޮތަށް ގޭގޭގެ ނަންބޯޑު ހަރުކުރަން މާލެ ސިޓީ ކައުންސިލުން އަންގައިފިއެވެ.

ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ރަސްމީބޭނުންތަކުގައި މާލެއާއި ވިލިމާލޭގެ ގޭގެއަށް ޒިޔާރަތްކުރާއިރުމާލެއާއި ވިލިމާލޭގެ ބައެއް ގެތަކުގައި މިހާރަކަށް އައިސް އާއްމުކޮށް ފެންނަ ގޮތަށް ގޭގެ ނަންބޯޑު ހަރުކޮށްފައި ނުހުންނަކަން ފާހަގަ ކުރެވިފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން ރަސްމީ ބޭނުންތަކާއި އެހެނިހެން ކަންކަމުގައި ގޭގެއަށް ޒިޔާރަތްކުރާއިރު ގޭގެ ނަންބޯޑު ހަރުކޮށްފައި ނެތުމުގެ ސަބަބުން ކައުންސިލުން ފޯރުކޮށްދޭ ރަސްމީ ޚިދުމަތް ފޯރުކޮށް ދިނުމުގައި ދަތިތަކާ ކުރިމަތިވާކަމަށް ސިޓީ ކައުންސިލުން މައުޅުމާތުދެއެވެ.

މިކަން ހައްލު ކުރުމަށް މިއަދުން ފެށިގެން ހުރިހާ ގޭގޭގެ ނަންބޯޑު އާއްމުކޮށް ފެންނަގޮތަށް އިމާރާތުގެ ބޭރުގައި ހަރުކޮށްފައި ބެހެއްޓުމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގެ ކަންކަންމަތީގައި ޕާކުކުރުން ހުއްޓުވުމަށް ރޮނގުތައް އާ ކުރަން ފަށައިފިޚަބަރު | 2 މަސް ކުރިންޓަވަރުތަކުގައި ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރަނީޚަބަރު | 2 މަސް ކުރިންމާލޭ ސިޓީކައުންސިލުން ރައްޔިތުންގެ ބައްދަލުވުންތަކަށް 1.1 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފިޚަބަރު | 2 މަސް ކުރިންއުސް ޢިމާރާތްތަކަށް ފެން ލިބުމުގައި ދިމާވާ ޕްރެޝަރު މައްސަލަ އަށް ހައްލެއް ޚަބަރު | 3 މަސް ކުރިން