logo
Bank of Maldives

Bank of Maldives

ޚަބަރު

އެމް.ޕީ.އެލް އާއި އެމް.އެން.ޑީ.އެފް ގުޅިގެން ހިންގި ސެޓްފިކެޓް-1 އިން ޕޯޓް ސެކިއުރިޓީ ކޯސް ނިންމާލައިފި

އައިޝަތު ނަޝާ
20 އޮކްޓޯބަރު 2025 - 09:21
އެމް.ޕީ.އެލް  އާއި އެމް.އެން.ޑީ.އެފް ގުޅިގެން ހިންގި ސެޓްފިކެޓް-1 އިން ޕޯޓް ސެކިއުރިޓީ ކޯސް ނިންމާލައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ކޯސްޓް ގާޑް ޓްރެއިނިންގ ސްކޫލް ގުޅިގެން ހިންގި "ސެޓްފިކެޓް-1 އިން ޕޯޓް ސެކިއުރިޓީ" ކޯސް ނިންމާލައި، އެ ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔައީ 19 އޮކްޓޯބަރ 2025 ވަނަ ދުވަހު ބަންޑާރަކޮށީގައެވެ.

އެމް.އެން.ޑީ.އެފް ކޯސްޓް ގާޑް ޓްރެއިނިން ސްކޫލް އިން ގިރިފުށީގައި އެއް މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ޓްރެއިނިންގައި ޖުމްލަ 30 ފަރާތަކުން ބައިވެރިވެފައިވާ ކަމަށް އެމްޕީއެލް އިން މައުލޫމާތު ދެއެވެ.އަދި އެއީ އެމް.ޕީ.އެލްގެ ސެކިއުރިޓީ ޑިޕާޓްމަންޓާއި، ސަރަޚައްދީ ދެ ޕޯޓް ކަމަށްވާ ކުޅުދުއްފުށި ޕޯޓާއި ހިތަދޫ ޕޯޓްގެ ސެކިއުރިޓީގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށް ވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 މި ކޯހުގެ ނިމުން ފާހަގަކުރުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ވަނީ ސެޓްފިކެޓް ދީފައެވެ. ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމް.ޕީ.އެލްގެ ސީ.އީ.އޯ، ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެވެ.

 މިއީ ދިވެހިރާއްޖޭގެ މައި ވިޔަފާރި ބަނދަރާއި، ސަރަހައްދީ ބަނދަރުތަކުގެ ސެކިއުރިޓީ ކަށަވަރުކުރުމަށް މަސައްކަތްކުރާ މުވައްޒަފުންގެ ޤާބިލްކަމާއި ހުނަރު އިތުރުކުރުމުގެ ގޮތުން، އެމް.އެން.ޑީ.އެފްއާ ގުޅިގެން ހިންގާ ކޯހެކެވެ. މިއީ މީގެ އަހަރުތަކެއް ކުރިން އެމް.އެން.ޑީ.އެފް އާއި އެމް.ޕީ.އެލްއިން ގުޅިގެން ބާއްވަން ފެށި ކޯހެކެވެ.

 މި ތަމްރީނުގެ މައިގަނޑު މަޤްސަދަކީ ބަނދަރުތަކުގެ ސަލާމަތީ ކަންކަން ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ހަރުދަނާކޮށް، ސެކިއުރިޓީންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމާއި، އަދި މާލޭ ސަރަހައްދުގެ ބަނދަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޤާބިލްކަން އިތުުރުކުރު ކުރުން ކަަމށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

 

 މި ކޯހުގައި، ކުއްލި ޙާލަތުގައި ޢަމަލުކުރާނެ ގޮތާއި، ސެކިއުރިޓީ ޑްރިލްތަކާއި، މަސައްކަތުގެ އަޚްލާޤު ހިމެނޭ ޢަމަލީ ތަމްރީނުތަކާއެކު، އައިއެސްޕީއެސް ކޯޑަށް ޢަމަލުކުރުމާއި، ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމާއި، މެރިޓައިމް ސޭފްޓީ އަދި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ސެޝަންތައް ކުރިއަށްގެންދެވުނު ކަމަށް ވެސް އެމްޕީއެލް އިން މައުލޫމާތު ދެއެވެ.

 

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމް.ޕީ.އެލް އާއި އެމް.އެން.ޑީ.އެފް ގުޅިގެން ހިންގި ސެޓްފިކެޓް-1 އިން ޕޯޓް ސެކިއުރިޓީ ކޯސް ނިންމާލައިފިޚަބަރު | 2 ދުވަސް ކުރިންބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ތިންވަނަ މީހާ ވެސް މަރުވެފައި އޮއްވާ ފެނިއްޖެޚަބަރު | 3 ދުވަސް ކުރިންއެމްޕީއެލްގެ އިންޓާންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 4 ދުވަސް ކުރިންކޮޅުވެއްޓި ބަންޑުން ޖަހާލުން: ގެއްލުނު ލަންކާ މީހާ އަދިވެސް ނުފެނޭޚަބަރު | 6 ދުވަސް ކުރިން