އެއް ހަފުތާ ތެރޭގައި 65,000 އަށްވުރެ ގިނަ ޕެރިޝަބަލް މުދާ އެމް.ޕީ.އެލް އިން ކްލިއަރ ކޮށްފި
25 އޮކްޓޯބަރު 2026 - 14:34

މި މަހުގެ 18 އިން 24 އަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން ޖުމްލަ 65,842 ޕެކޭޖުގެ ޕެރިޝަބަލް މުދާ ކްލިއަރ ކޮށްފިއެވެ.
އެމް.ޕީ.އެލް އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގެ ތެރޭގައި 16,814 ޕެކޭޖު ކުކުޅުބިސް، 12,856 ޕެކޭޖު ފިޔާ އަދި 8,122 ޕެކޭޖު ކަރާ ކްލިއަރ ކޮށްފައިވެއެވެ. މީގެ އިތުރުން، 6,780 ޕެކޭޖު އަލުވިއާއި 5,083 ޕެކޭޖު ޓޮމާޓޯ ވެސް ވަނީ ކްލިއަރ ކޮށްފައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ހިސާބުތަކުން ދައްކައިދެނީ އެއް ހަފުތާގެ ތެރޭގައި ރާއްޖޭގެ ބަނދަރު މެދުވެރިކޮށް ގައުމަށް އެތެރެކުރި ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ބޮޑު މިންވަރެކެވެ.
މީގެ އިތުރުން، ކާގޯ ކްލިއަރެންސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން 41,001.28 ފްރައިޓް ޓަނުގެ މުދާ އަދި ޖެނެރަލް ކާގޯ ބޯޓުފަހަރުން 2,919.83 ފްރައިޓް ޓަނުގެ މުދާ ވަނީ ކްލިއަރ ކޮށްފައެވެ.
މި މުއްދަތުގައި ކޮންޓެއިނަރު ބޯޓުފަހަރުގެ 1,160 ކޮންސައިންމަންޓަކާއި، ޖެނެރަލް ކާގޯ ބޯޓުފަހަރުގެ 457 ކޮންސައިންމަންޓެއްގެ މަސައްކަތް ބަނދަރުން ވަނީ ނިންމާފައެވެ.
ކޮންޓެއިނަރު ހޭންޑްލިންގ އޮޕަރޭޝަންތަކަށް ބަލާއިރު، ޖުމްލަ 2,936 ޓީ.އީ.ޔޫ (20 ފޫޓުގެ ކޮންޓެއިނަރު) ގެ މަސައްކަތް ވަނީ ކޮށްފައެވެ. މީގެ ތެރެއިން 1,751 ޓީ.އީ.ޔޫ ބާލާފައިވާއިރު، 1,185 ޓީ.އީ.ޔޫ ވަނީ ބޯޓުފަހަރަށް އަރުވާފައެވެ.
ބޯޓުފަހަރުގެ ދަތުރުފަތުރަށް ބަލާއިރު، އޮކްޓޫބަރު 18 އިން 24 އަށް ތިން ކޮންޓެއިނަރު ބޯޓަކާއި ފަސް ޖެނެރަލް ކާގޯ ބޯޓެއް ބަނދަރަށް އައިސްފައިވެއެވެ. އަދި މި މުއްދަތުގައި ދެ ކޮންޓެއިނަރު ބޯޓަކާއި ހަތް ޖެނެރަލް ކާގޯ ބޯޓެއް ބަނދަރުން ފުރާފައިވެއެވެ.

-01.jpg&w=3840&q=75)
