logo
Bank of Maldives

Bank of Maldives

ޚަބަރު

"މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް"ގެ 2 ވަނަ އެޑިޝަން އަންނަ އަހަރުގެ އޭޕްރީލް މަހު

އައިޝަތު ނަޝާ
28 އޮކްޓޯބަރު 2025 - 11:49
 "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް"ގެ 2 ވަނަ އެޑިޝަން އަންނަ އަހަރުގެ އޭޕްރީލް މަހު

މޯލްޑިވްސް ޕޯޓްސް ލިިމިޓަޑް (އެމް.ޕީ.އެލް) އިން އިންތިޒާމްކުރާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް"ގެ 2 ވަނަ އެޑިޝަން 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

 މޯލްޑިވްސް މެރިޓައިމް ކޮންފަރެންްސްއަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަަރުންނާއި ދާއިރާއާ ގުޅުންހުރި ފަރާތްތައް ބައްދަލުކޮށް، ދާއިރާގެ ކުރިއެރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސްއެކެވެ. އެމް.ޕީ.އެލްއިން އެންމެ ފުރަތަމަ މި ކޮންފަރެންސް އިންތިޒާމްކުރީ 2024 ވަނަ އަހަރެވެ. އެ އަހަރުގެ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްއަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 މި ކޮންފަރެންސްގެ 2 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ. މި ފަހަރުގެ ކޮންފަރެންސްގައިވެސް މެރިޓައިމް ދާއިރާއިން ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެވޭ ތަޖުރިބާކާރުންނާއި ރާއްޖޭގެ ތަޖުރިބާކާރުން ސްޕީކަަރުންގެ ގޮތުގައި ބައިވެރިވާނެއެވެ. މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ 2 ވަނަ އެޑިޝަންގެ މައިގަނޑު ތީމަކީ "ސެކިއުރިޓީ، ސޭފްޓީ އެންޑް ސަސްޓޭނަބިލިޓީ" އެވެ.

 އަންނަ އަހަރުގެ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ ޕާޓްނަރުންގެ ގޮތުގައި މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަން އެންޑް ޓްރާންސްޕޯޓް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (ކޯސްޓް ގާޑް)، ޔުނައިޓަޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އަދި އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕޯޓްސް އެންޑް ހާބާރސް (އައި.އޭ.ޕީ.އެޗް) މިހާރު ވަނީ ހަމަޖެހިފައެވެ.

މި ކޮންފަރެންސް ސްޕޮންސަރކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ އިދާރާއިން މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. ސްޕޮންސަރކުރުމަށް ނުވަތަ ޕާޓްނަރއަކަށްވުމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލްކުރެއްވުން ނުވަތަ 3039030  / 303 9031  އަށް ގުޅުމަށް އެމްޕީއެލް އިން ވަނީ އެދިފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް"ގެ 2 ވަނަ އެޑިޝަން އަންނަ އަހަރުގެ އޭޕްރީލް މަހު ޚަބަރު | 12 ދުވަސް ކުރިންއެމް.ޕީ.އެލް އާއި އެމް.އެން.ޑީ.އެފް ގުޅިގެން ހިންގި ސެޓްފިކެޓް-1 އިން ޕޯޓް ސެކިއުރިޓީ ކޯސް ނިންމާލައިފިޚަބަރު | 20 ދުވަސް ކުރިންއެމްޕީއެލްގެ އިންޓާންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 22 ދުވަސް ކުރިންއޯގަސްޓް މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް ރާއްޖެއިން 291 ޓަނުގެ ކާގޯ ބޭރުކުރިޚަބަރު | 2 މަސް ކުރިން