logo
Bank of Maldives

Bank of Maldives

ވިޔަފާރި

ޕޯޓް ބަންދު ދުވަހެއް ނަމަވެސް އަވަހަށް ހަލާކުވާ މުދާ ބޭލުމުގެ މަސައްކަތް މާލެ ވިޔަފާރި ބަނދަރުގައި ކުރިއަށް

ޒިދާން މުޙައްމަދު
16 ޖޫން 2026 - 13:40
ޕޯޓް ބަންދު ދުވަހެއް ނަމަވެސް އަވަހަށް ހަލާކުވާ މުދާ ބޭލުމުގެ މަސައްކަތް މާލެ ވިޔަފާރި ބަނދަރުގައި ކުރިއަށް

 

ހިޖުރީ އައު އަހަރުގެ މުނާސަބަތުގައި މިއަދަކީ ޕޯޓް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ދުވަހެއް ނަމަވެސް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި (ޕެރިޝަބަލް މުދާ) ވީހާވެސް އަވަހަށް ކްލިއަރކުރުމަށް އެމްޕީއެލްއިން ގެންގުޅޭ ޚާއްސަ އުސޫލުގެ ދަށުން މާލެ ވިޔަފާރި ބަނދަރުގައި އެފަދަ މުދާ ބޭލުމުގެ މަސައްކަތް މިއަދުވެސް މެދުނުކެނޑި ކުރިއަށް އެބަދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނި ގޮތުގައި، މި މަސައްކަތުގެ ދަށުން، ޖެނެރަލް ކާގޯ އުފުލާ ބޯޓެއް ކަމަށްވާ "ސީ އެންޖަލް" އިން މުދާ ބޭލުމުގެ މަސައްކަތް މިއަދު ހަވީރު ވަނީ ފުރިހަމަކޮށްފައެވެ. މި ބޯޓުން ގިނަ އަދަދެއްގެ ބިހާއި، ފިޔާ އަދި އަލުވި ބާލާފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

މީގެ އިތުރުން، ޖެނެރަލް ކާގޯ ވެސަލް "ނަވާލް" އިން މުދާ ހުސްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި އުޅަނދުންވެސް މައިގަނޑު ގޮތެއްގައި ބާލަމުންދަނީ ރާއްޖޭގެ ބާޒާރަށް ބޭނުންވާ ފިޔާ، އަލުވި އަދި ބިހުގެ ބާވަތްތަކެވެ.

WhatsApp Image 2026-06-16 at 18.37.26.jpeg

އެމްޕީއެލްއިން ހާމަކޮށްފައިވާ ގޮތުގައި، ޕޯޓު ބަންދު ދުވަހެއް ނަމަވެސް މިއަދު މެންދުރު 1:30 އާ ހަމައަށް ޕެރިޝަބަލް މުދާ ކްލިއަރކުރުމުގެ ޚިދުމަތް މުދާ އެތެރެކުރާ ފަރާތްތަކަށް ވަނީ ފޯރުކޮށްދީފައެވެ. މިއީ އާންމު ބޭނުންތަކަށް ބޭނުންވާ ކާބޯތަކެތި ބާޒާރުގައި ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރެވޭ މަސައްކަތެކެވެ.

މި ޚާއްސަ އިންތިޒާމްތަކުގެ ދަށުން، މިރޭ 20:00 އިން ފެށިގެންވެސް ޕެރިޝަބަލް މުދާ ކްލިއަރކުރުމުގެ މަސައްކަތްތައް ބަނދަރުގައި ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕޯޓް ބަންދު ދުވަހެއް ނަމަވެސް އަވަހަށް ހަލާކުވާ މުދާ ބޭލުމުގެ މަސައްކަތް މާލެ ވިޔަފާރި ބަނދަރުގައި ކުރިއަށްވިޔަފާރި | ގަޑިއިރެއް ކުރިން "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް"ގެ 2 ވަނަ އެޑިޝަން އަންނަ އަހަރުގެ އޭޕްރީލް މަހު ޚަބަރު | 8 މަސް ކުރިންއެމް.ޕީ.އެލް އާއި އެމް.އެން.ޑީ.އެފް ގުޅިގެން ހިންގި ސެޓްފިކެޓް-1 އިން ޕޯޓް ސެކިއުރިޓީ ކޯސް ނިންމާލައިފިޚަބަރު | 8 މަސް ކުރިންއެމްޕީއެލްގެ އިންޓާންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިޚަބަރު | 8 މަސް ކުރިން