logo
Bank of Maldives

Bank of Maldives

ޚަބަރު

ކުނަހަންދޫއަށް ރައްޔިތުންނަށް ބޮޑު އުފަލެއް: 40 އަހަރު ތެރޭ އެރަށް ފުރަތަމަ ފަހަރަށް ރާއްޖޭގެ ރަޢީސަކު ވަޑައިގެންފި

ޢައްފާން މުޙައްމަދު
20 އޮކްޓޯބަރު 2025 - 16:13
ކުނަހަންދޫއަށް ރައްޔިތުންނަށް ބޮޑު އުފަލެއް: 40 އަހަރު ތެރޭ އެރަށް ފުރަތަމަ ފަހަރަށް ރާއްޖޭގެ ރަޢީސަކު ވަޑައިގެންފި

ފާއިތުވީ 40 އަހަރު ތެރޭގައި ލ. ކުނަހަންދޫއަށް ފުރަތަމަ ފަހަރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު ވަޑައިގަތުމާ ގުޅިގެން އެ ރަށަށް އުފަލުގެ ޢީދެއް ގެނުވައިފިއެވެ.

ވޭތުވެދިޔަ 40 އަހަރުތެރޭ ކުނަހަންދޫއަށް ފުރަތަމަ ފަހަރަށް ރައީސަކު ވަޑައިގަތުން ފާހަގަކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުނަހަންދޫއަށް ވަޑައިގަތުމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެންމެފަހުން ރާއްޖޭގެ ރައީސަކު އެ ރަށަށް ވަޑައިގެންފައިވަނީ 1978 ވަނަ އަހަރުއެވެ. އެއީ އޭރުގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމެވެ.

ލ. ކުނަހަންދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި މުވައްޒަފުންނާއި ރަށުގެ އެކި އުމުރުފުރާތަކުގެ މީހުންވަނީ އެމަނިކުފާނަށް ހޫނު މަރުޙާބާއެއް ދަންނަވާފައެވެ.

ހަތަރު ދަހަރަށް (ޑެކޭޑް) އަށްފަހު ރައީސަކު ކުނަހަންދޫއަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުންނާއި ބައްދަލްކުރެއްވުމަށް ބޭއްވި ޖަލްސާގައި ބައިވެރިވި ރައްޔިތުން ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ޒިޔާރަތަކީ، އިންތިޚާބެއްގެ ކެމްޕޭނާއި ދިމާނުވާގޮތަށް ރައީސަކު ވޭތުވެ މިދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި އެރަށަށް ކުރެއްވި ފުރަތަމަ ޒިޔާރަތްކަމަން އުފަލާއެކު ފާހަގަކޮށްފައެވެ.

އަދި މިއީ އެރަށަށް ތާރީޚީ ދުވަހެއްކަން ފާހަގަކޮށް، އެރަށުގެ ރައްޔިތުން ވަނީ އުފަލާއެކު އެކަން ބަލައިގަންނަކަން ހާމަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިއަދު ކުނަހަންދޫއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި އެރަށަށް ޚާއްޞަ ކުރެއްވި ގިނަ މަޝްރޫޢުތަކެއް ވަނީ ފައްޓަވާދެއްވާފައެވެ.

އެގޮތުން ރައީސްގެ މި ދަތުރުފުޅުގައި ލ. ކުނަހަންދޫގައި ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމް ހުޅުވައިދެއްވާފައިވާއިރު، އެރަށުގެ ޞިއްޙީ މަރިކަޒުގެ އެކްސްޓެންޝަން އިމާރާތުގެ ބިންގާ ވެސް ވަނީ އަޅާފައެވެ. މީގެ އިތުރުން ކުނަހަންދޫގައި އަލަށް އިމާރާތްކުރެވޭ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ވެސް ފައްޓަވާދެއްވާފައިވާއިރު، އެ ރަށު ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި ވޮލީ ކޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.

އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާޙަގަކޮށްލެވެނީ ހިތަދޫ - ކުނަހަންދޫ ކޯޒްވޭ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމެވެ.

ހައްދުންމައްޗަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ 11 ރަށަކަށް ވަޑައިގަންނަވާނެއެވެ. އެއީ އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުރަމާނަ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެ ވަޑައިގެންފިޚަބަރު | 4 ގަޑިއިރު ކުރިންދެ ޤައުމުގެ ރައްޔިތުންގެ މަންފާއަށް ކުރި މަޝްވަރާތަކުން ފައިދާވާނެ ކަމަށް އުއްމީދުކުރަން: ރައީސްޚަބަރު | 10 ގަޑިއިރު ކުރިންރައީސްގެ ދެ ކަނބަލުން ލަންކާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފިޚަބަރު | 11 ގަޑިއިރު ކުރިންރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ކޮލޮމްބޯގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައިފިޚަބަރު | 20 ގަޑިއިރު ކުރިން