logo
Bank of Maldives

Bank of Maldives

ޚަބަރު

ދެ ޤައުމުގެ ރައްޔިތުންގެ މަންފާއަށް ކުރި މަޝްވަރާތަކުން ފައިދާވާނެ ކަމަށް އުއްމީދުކުރަން: ރައީސް

އައިޝަތު ނަޝާ
6 މޭ 2026 - 05:14
ދެ ޤައުމުގެ ރައްޔިތުންގެ މަންފާއަށް ކުރި މަޝްވަރާތަކުން ފައިދާވާނެ ކަމަށް އުއްމީދުކުރަން: ރައީސް

ދެ ޤައުމުގެ ރައްޔިތުންގެ މަންފާ އާއި ކުރިއެރުމަށް ކުރި މަޝްވަރާތަކުން ފައިދާވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސްގެ ދަތުރުފުޅު ނިންމަވަލާއްވައި މީސް މީޑިއާގައި ލަންކާ ބަހުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލަންކާ އިން ފުރާވަޑައިގަންނަވަނީ ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އޮންނަ ގާތް އަދި ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމުގެ އާ އަޒުމާއެކުގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ސްރީލަންކާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ކާމިޔާބު ކަމަށާއި ރާއްޖެ އާއި ލަންކާއާ ދެމެދުގައި އޮތް ޒަމާންވީ، ގާތްގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ރައީސް ވިދާޅުވިއެވެ.

 

View post on Twitter

 

ރައީސް ޑރ. މުއިއްޒު، އަދި އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވަނީ މިދިޔަ އާދިއްތަ ދުވަހު ލަންކާއަށް ވަޑައިގެންފައެވެ. މި ދަތުރުފުޅަކީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސާނަޔަކެގެ ދައުވަތަކަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ. ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވި އިރު، ލަންކާ އާއި ރާއްޖެ އާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައި މުހިންމު ހަތް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ މަރަސޫރިޔާއާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި އެކި ދާއިރާތަކުން ފައިދާ ހުރި މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. މި މަޝްވަރާތަކުގައި އެމަނިކުފާނަށް އިތުރު ހިތްވަރު ލިބިވަޑައިގެންނެވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި ރާއްޖެއާއި ލަންކާގެ ރަހުމަތްތެރިކަމުގެ ޒަމާންވީ ގުޅުން އަބަދުގެ އަބަދަށް ދެމިގެން ދިއުމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަންކާގެ ދެހިވަލާގައި އަތުބޮމެއް އެއްލާލައިގެން ދެ ކުއްޖަކު މަރާލައިފިދުނިޔެ | ގަޑިއިރެއް ކުރިންމެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ހޯމަ ދުވަހު ރާއްޖެއަށް ވަޑައިގަންނަވަނީޚަބަރު | 5 ގަޑިއިރު ކުރިންއިންޖިނޭރުންގެ އަގުވަޒަންކުރުމުގެ ތާރީޚީ ޝަރަފް ރައީސް މުޢިއްޒުގެ ސަރުކާރަށްރިޕޯޓް | 11 ގަޑިއިރު ކުރިން އިންޖިނޭރުންގެ އަގުވަޒަންކުރުމުގެ ތާރީޚީ އެވޯޑު ހަފުލާ ރައީސް ޝަރަފުވެރިކޮށްދެއްވައިފިޚަބަރު | 20 ގަޑިއިރު ކުރިން