logo
Bank of Maldives

Bank of Maldives

ޚަބަރު

ކޮންމެ ވަޢުދަކީ ފުއްދާނެ ވަޢުދެއް: ލ. އަތޮޅަށް ދެވަނަ އެއަރޕޯޓުގެ ޔަޤީންކަން ދެއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
20 އޮކްޓޯބަރު 2025 - 16:40
 ކޮންމެ ވަޢުދަކީ ފުއްދާނެ ވަޢުދެއް: ލ. އަތޮޅަށް ދެވަނަ އެއަރޕޯޓުގެ ޔަޤީންކަން ދެއްވައިފި

ކޮންމެ ވަޢުދަކީ ފުއްދާނެ ވަޢުދެއް، ވަޢުދު ފުއްދަން ބޭނުންވާތީ ޔަޤީންކަން އޮވެގެންކަަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނު މިއަދު ލ.އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މާވަށަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ލ. އަތޮޅަށް ވީ ވަޢުދުތަކުގެ ތެރޭގައި ދެވަނަ އެއަރޕޯޓެއް ގެނައުމުގެ ވަޢުދު ހިމެނޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ކޮންމެ ވަޢުދެއް ވެސް ވެވަޑައިގަތީ އެ ވަޢުދެއް ފުއްދައިދިނުމަށް ބޭނުންވެގެން، އެ ވަޢުދެއް ފުއްދޭނެކަމުގެ ޔަޤީންކަން އޮވެގެން ކަމަށެވެ.

ލ. އަތޮޅުގައި ދެވަނަ އެއަރޕޯޓެއް އެޅުމާ ގުޅޭގޮތުން ރައީސް މުޢިއްޒު މާވަށުގެ ރައްޔިތުންނާ ހިއްސާކުރެއްވި ވިސްނުންފުޅުގައި ވިދާޅުވީ، އެއަރޕޯޓު އަންނަންޖެހޭނީ ދުރު ރާސްތާއަށް ވިސްނުމުންނާއި، އިޤްތިޞާދީ ގޮތުން ވެސް ދެމެހެއްޓެނިވި ތަރައްޤީއެއް ހާސިލުވާނެ ގޮތަކަށް ކަމަށެވެ. އަދި، ޓޫރިޒަމް ކުރިއެރުވުމަށް ބަލާއިރުގައި ވެސް އެންމެ ރަނގަޅު ގޮތުގައި، ގިނަ ރިޒޯޓުތަކެއް ތަރައްޤީ ކުރެވެން އޮތް ހިސާބެއްގައި، އެފަދަ ރަށެއްގެ ކައިރީގައި އެއަރޕޯޓު އެޅުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

''އަދި، ޖިއޮގްރަފިކަލީ ބަލާއިރުގައިވެސް، އެއަރޕޯޓެއް އޮންނަން އެންމެ ޖެހޭނެ ރަށެއްގައި، އެއަރޕޯޓު އަޅަންޖެހޭނީ. އަޅުގަނޑު މިގޮތަށް މި ވިސްނަނީ. އެހެންވީމާ، ތިޔަބޭފުޅުން ތިޔަ ބޭނުންވެލައްވާ ކަންތަކުގައި އަޅުގަނޑުގެ ވިސްނުންހުރި ގޮތް މިއީ. މި އަތޮޅުގައި ދެވަނަ އެއަރޕޯޓެއް އެޅެންޖެހޭނެ ކަމަށް. މި ދެންނެވިހެން، ޓޫރިޒަމް ކުރިއެރުވުމާއި، ދަތުރުފަތުރު ކުރުމާއި، މި ހުރިހާ ކަމަކަށް ބަލާއިރުގައިވެސް، އެ ނީޑް އޮތް، އެ ޕޮޓެންޝަލް އޮތް، އެ އުންމީދު، ނޫނީވިއްޔާ އެ މުސްތަޤްބަލު އޮތް ހިސާބެއްގައި. އެހެންވީމާ، އެގޮތަށް އަޅުގަނޑު ނިންމާނަން، އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވީ، މާ ލަސްތަކެއްނުވެ މިކަމާ ގުޅޭގޮތުން ގޮތެއް ނިންމަވާނެ ކަމަށާއި، ރައްޔިތުންގެ މި ބޭނުމަކީ ވަރަށް ރަނގަޅު އަދި ދެކޮޅުޖެހޭ ވިސްނުމެއް ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

''ދެންހުރި ހުރިހާ ވަޢުދެއް ފުއްދަން ފުރަތަމަ މި ފެށީ. ދެން އެއްގޮތަކަށްވެސް މާޔޫސްވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަކަށް އަޅުގަނޑު ޤަބޫލެއްނުކުރަން. އާދެ، އެހެންވީމާ، ދެވަނަ އެއަރޕޯޓެއް މި އަތޮޅުގައި އެޅުމުގެ ވަޢުދު ފުއްދާނަން. ފުއްދާއިރުގައި، މި ދެންނެވި ވިސްނުމުގައި އަޅުގަނޑު އެކަން ކުރާނީ. މާ ލަސްތަކެއްނުވެ، އެކަމަށްވެސް އަޅުގަނޑު ފައިނަލް ޑިޒިޝަނެއް ނަގާނަން.'' ރައީސް ވިދާޅުވެފަވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަރަނިތައް ދައްކަމުން، މަޝްރޫޢުތައް ކުރިއަށް މި ގެންދަނީ ހަމަ ފައިސާ ޗާޕު ނުކޮށް: ރައީސްޚަބަރު | 5 ގަޑިއިރު ކުރިންއައްޑޫގައި ނަގާ ވޯޓަކީ ސަރުކާރުން ވަކި ގޮތަކަށް ނިންމާފައިވާ ވޯޓެއް ނޫން, ފުއްދަނީ ވަޢުދެއް: ރައީސްޚަބަރު | 6 ގަޑިއިރު ކުރިންހިތަދޫގެ ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަކީ ލިބޭނެ އުފަލެއް: ރައީސްޚަބަރު | 6 ގަޑިއިރު ކުރިން ކޮންމެ ވަޢުދަކީ ފުއްދާނެ ވަޢުދެއް: ލ. އަތޮޅަށް ދެވަނަ އެއަރޕޯޓުގެ ޔަޤީންކަން ދެއްވައިފިޚަބަރު | 7 ގަޑިއިރު ކުރިން