އޮމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: އެމްޓީސީސީ
21 އޮކްޓޯބަރު 2025 - 07:10

އދ. އޮމަދޫ ބަނދަރު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލަގާ ފުރަތަމަ ބުރު ރަށަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް ކޮންސްޓަރކްޝަން ކޮމްޕެނީ (އެމްޓީސީސީ) ބުނެފިއެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރުގެ ތޮށިގަނޑު (ކޭ ވޯލް) ހެދުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް ޖެހުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށް ދާކަން ފާހަގަކޮށްލެވެއެވެ.

Ad by Hajj Corporation
އޮމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މި މަޝްރޫއަކީ ރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ފަސޭހަތައް އިތުރުކޮށް، މަސްވެރިކަމާއި ވިޔަފާރިއަށް ބޮޑު ކުރިއެރުމެއް ގެނެސްދިނުމުގެ މަގްސަދުގައި ކުރިއަށްދާ މަސައްކަތެކެވެ. އޭގެ އިތުރުށް، ބަނދަރުގެ ގޮނޑުދޮށުގެ ފާރު، ކީ ވޯލް ހެދުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތައް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ޖުލައި މަހުގެ 30 ވަނަ ދުވަހު،މި ބަނދަރަކީ އޮމަދޫ ރައްޔިތުންނަށް ދިގު މުއްދަތަށް ފައިދާ ކުރާނެ ގޮތަށް ފެންވަރު ރަނގަޅުކޮށް، ރައްކާތެރިކޮށް ތަރައްގީ ކުރާ ބަނދަރެކެވެ.
މި މަޝްރޫއުގެ ދަށުން ހިންގާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ބަނދަރަށް ވަންނަ ކައިރި ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން، ކުރިން ހުރި ބަނދަރުގެ ބައެއް ފުންކުރުމުގެ މަސައްކަތް (މެއިންޓަނަންސް ޑްރެޖިންގ) ވެސް ކުރެވޭނެއެވެ.
ބަނދަރުގެ ވަށައިގެން ޕޭވްމަންޓް އެޅުމާއި، ބޭރު ކަނޑު ތޮށިލުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމަށް ރިވެޓްމަންޓް ޖެހުން ވެސް މި މަޝްރޫއުގެ ދަށުން ކުރެވޭނެއެވެ. ބަނދަރުގައި ދޯނިފަހަރު އެޅުމަށް ލުއިފަސޭހަ ކޮށްދިނުމަށް ކަނޑު ތޮށިލައި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގައި ހިމެނެއެވެ.