logo
Bank of Maldives

Bank of Maldives

ޚަބަރު

އާރްޓީއެލްގެ ހިދުމަތް ފަސް މަސް ތެރޭގައި ހުރިހާ އަތޮޅެއްގައި ފަށަނީ

އައިމިނަތު މޫސާ
22 އޮކްޓޯބަރު 2025 - 05:30
އާރްޓީއެލްގެ ހިދުމަތް ފަސް މަސް ތެރޭގައި ހުރިހާ އަތޮޅެއްގައި ފަށަނީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ހިދުމަތް ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ހުރިހާ އަތޮޅެއްގައި ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް 2022ވަނަ އަހަރު ފެށި މި މަޝްރޫއުގެ ދަށުން ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. މިހާތަނަށް 12 އަތޮޅެއްގައިވަނީ ހިދުމަތް ފަށާފައެވެ. އެންމެ ފަހުން އާރްޓީއެލްގެ ހިދުމަތް ފަށާފައިވަނީ ތ. އަތޮޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލ. ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ މުޅި ރާއްޖެގައި އާރްޓީއެލްގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ގޮތުން ލޯންޗްތައް ނިމޭހާ އަވަހަކަށް ލ. އަތޮޅުގައި އެ ހިދުމަތް ފެށިގެންދާނެ ކަމަށާއި ހިދުމަތް ނުފެށި ހުރި ހުރިހާ އަތޮޅެއްގައި އެ ހިދުމަތް ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އާރްޓީއެލްގެ ހިދުމަތަށް އިންތިޒާރުކުރާ ރައްޔިތުންނަށް އަޅުގަނޑު ދަންނާވާލަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ހިނގަނީ، ގާތްގަނޑަކަށް ފެބްއަރީ މާޗް މަހަށް ދާއިރު މި އަތޮޅަށް ވެސް ދެން ހުރި ބާކީ މި ހިދުމަތް ނުފެށިހުރި ހުރިހާ އަތޮޅެއްގައި ވެސް މި ހިދުމަތް ފެށޭ ގޮތަށް އެޮތީ ހަމަޖެހިފަ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ލ. އަތޮޅު ހިމެނޭ ގޮތަށްފަސް އަތޮޅެއްގައި ފެށުމަށް އާރްޓީއެލް ފެރީ ހިދުމަތް ފެށުމަށް ސެޕްޓެމްބަރު މަހު ދިރާސާއެއް ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އާރްޓީއެލްގެ ހިދުމަތާއެކު އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުންގެ ދަތުރުފަތުރުކުރުމަށް ބޮޑު ބަދަލެއް އައިސްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަލައިދޫ - ދަނބިދޫ ކޯޒްވޭގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 4 ގަޑިއިރު ކުރިންއާރްޓީއެލްގެ ހިދުމަތް ފަސް މަސް ތެރޭގައި ހުރިހާ އަތޮޅެއްގައި ފަށަނީޚަބަރު | 11 ގަޑިއިރު ކުރިންއޮމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: އެމްޓީސީސީޚަބަރު | ދުވަހެއް ކުރިން ފޮނަދޫ ރީޖަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | ދުވަހެއް ކުރިން