logo
Bank of Maldives

Bank of Maldives

ޚަބަރު

ކަލައިދޫ - ދަނބިދޫ ކޯޒްވޭގެ ޢަމަލީ މަސައްކަތް ފަށައިފި

އާމިނަތު ޝަފާ
22 އޮކްޓޯބަރު 2025 - 11:55
ކަލައިދޫ - ދަނބިދޫ ކޯޒްވޭގެ ޢަމަލީ މަސައްކަތް ފަށައިފި

ލ.ކަލައިދޫ ދަނބިދޫ ކޯޒްވޭ ޤާއިމުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި ރަސްމިއްޔާތެއްގައި، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުޢްތަލިބެވެ. މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، ކަލައިދޫ އާއި ދަނބިދޫ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން، ކަލައިދޫއާއި ދަނބިދޫއާ ދޭތެރޭ 1 ކިލޯމީޓަރުގެ ކޯޒްވޭއެއް ޤާއިމުކުރެވޭނެއެވެ. މީގެ ތެރޭގައި 36.17 މީޓަރު ދިގު މަގަކާއި، 7.80 މީޓަރުގެ ދުއްވާ ސަރަހައްދެއް ހަދާނެއެވެ. ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން، 271 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ 155.94 މިލިއަން ރުފިޔާއަށް 550 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

ކަލައިދޫ އާއި ދަނބިދޫ ކޯޒްވޭ ޤާއިމުވުމުން ދެ ރަށުގެ ރައްޔިތުންނަށްވެސް ފަސޭހަކަމާއެކު އެއް ރަށުން އަނެއް ރަށަށް ދިއުމުގެ މަގުފަހިވެގެންދާނެއެވެ.

ކަލައިދޫ އާއި ދަނބިދޫއާ ދެމެދު އެއް ކިލޯ މީޓަރު ހުރެ އެވެ. އިސްދޫ އާއި ކަލައިދޫ އަކީ އެއް ފަސްކޮށްފައިވާ ރަށަކަށްވާތީ ދަނބިދު އާއި އެ ދެ ރަށް ގުޅުލުމުން އިގްތިސާދީ ގޮތުން ވެސް މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދަށް ކުރިއެރުން ލިބިގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަލައިދޫ - ދަނބިދޫ ކޯޒްވޭގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 7 ގަޑިއިރު ކުރިންއާރްޓީއެލްގެ ހިދުމަތް ފަސް މަސް ތެރޭގައި ހުރިހާ އަތޮޅެއްގައި ފަށަނީޚަބަރު | 14 ގަޑިއިރު ކުރިންއޮމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް: އެމްޓީސީސީޚަބަރު | ދުވަހެއް ކުރިން ފޮނަދޫ ރީޖަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 2 ދުވަސް ކުރިން