logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫ ރައްޔިތުންގެ ހިޔާލު ހޯދުމަށްނަގާ ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި

އައިމިނަތު މޫސާ
21 އޮކްޓޯބަރު 2025 - 10:09
އިންތިހާބެއްގައި ވޯޓު ގުނަނީ
އިންތިހާބެއްގައި ވޯޓު ގުނަނީ

އަންނަ ހޮނިހިރު ދުވަހު ބާއްވާ އައްޑޫ ސިޓީގެ ރައްޔިތުންގެ ހިޔާލު ހޯދުމަށްނަގާ އާންމު ވޯޓުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފިއެވެ.

އައްޑޫ ސިޓީގެ ތިން ރަށެއްގައި އޮންނަ މި ވޯޓަކީ، އެ ރަށްރަށުގައި ވަކި ރަށު ކައުންސިލެއް ބޭއްވުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓެކެވެ. މި ވޯޓު އޮންނަނީ ފޭދޫގެ އިތުރުން އެ އަތޮޅުގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވޯޓާސް ލިސްޓްގައިވާ ގޮތުން، މި ވޯޓުގައި ވޯޓު ލުމުގެ ހައްގު 9،576 މީހުންނަށް ލިބިގެންވެ އެވެ. އެ ގޮތުން ހުޅުދޫގައި ބަހައްޓާ ތިން ފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބެނީ 1،242 މީހުންނަށް، މީދޫގައި ބަހައްޓާ ތިން ފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބެނީ 1،618 މީހުންނަށް، އަދި ފޭދޫގައި ބަހައްޓާ ފަސް ފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބެނީ 2،835 މީހުންނަށް، މީގެ އިތުރުން މާލޭގައި ބަހައްޓާ ހަތް ފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބެނީ 3،881 މީހުން ހިމެނެއެވެ.

މި ވޯޓަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ޖުމުލަ 9،721 ވޯޓު ކަރުދާސް ޗާޕުކޮށްފަ އެވެ. ޗާޕުކުރަން ހަވާލުކުރީ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑާ އެވެ.

އަދި އެކުންފުނިން ޗާޕުކޮށްފައިވަނީ:

  • ހުޅުދުއަށް 2،922 ވޯޓް ކަރުދާސް
  • މީދުއަށް 2،380 ވޯޓް ކަރުދާސް
  • ފޭދުއަށް 4،419 ވޯޓް ކަރުދާސް

ނަމަވެސް ވޯޓު ކަރުދާސް ޗާޕްކުރަން ހިނގި ހަރަދުތަކުގެ މައުލޫމާތެއް އެ އިއުލާނު ކޮށް ފައެއް ނުވެއެވެ.

މިހާރު އައްޑޫގެ ލާމަރުކަޒީ ހިންގުން އޮންނަނީ އެ ދެ ރަށުގެ އިތުރަށް، ގުޅިފައިވާ ހަތަރު ރަށް ވެސް ހިމެނޭ ގޮތަށް މުޅި އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގާ ގޮތަށެވެ. އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އާއި މީދޫން ވަރަށް ގިނައިން އެ ދެ ރަށުގައި ވަކިން ރަށު ކައުންސިލެއް އޮންނަން ބޭނުންވެގެން އެ ވާހަކަ ދައްކާފައިވެއެވެ. 

ވަކިން އޮންނަ ހުޅުދޫ އާއި މީދޫ އަދި ގުޅިފައިވާ ރަށްތަކުގެ އެންމެ ދެކުނަށް އޮންނަ ފޭދޫގައި ރަށު ކައުންސިލް ހެދުމަށް ފެންނަ ނުފެންނަ ވޯޓު ނަގާއިރު މަރަދޫއާއި މަރަދޫފޭދޫގައި އެ ވޯޓެއް ނުނަގަ އެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑުއަތޮޅު ހުޅުދޫއާއި މީދޫއާއި އެއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން ވަނީ ނިންމާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީސީގެ ނަންޖަހައިގެން ވޯޓުކަރުދާސް ބޭނުން ކުރާނަމަ، ފިޔަވަޅު އަޅަނީޚަބަރު | ދުވަހެއް ކުރިންއައްޑޫ ރައްޔިތުންގެ ހިޔާލު ހޯދުމަށްނަގާ ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފިޚަބަރު | ދުވަހެއް ކުރިންއީސީގެ އަންދާޒާ: ލޯކަލް ކައުންސިލް އިންތިހާބަށް 80 މިލިއަން ރުފިޔާ ހަރަދުވާނެޚަބަރު | 3 ދުވަސް ކުރިންކައުންސިލް އިންތިހާބު އަންނަ އަހަރުގެެ މާރޗު 28 ގައި ޚަބަރު | 3 ދުވަސް ކުރިން