logo
Bank of Maldives

Bank of Maldives

ޚަބަރު

އީސީގެ ނަންޖަހައިގެން ވޯޓުކަރުދާސް ބޭނުން ކުރާނަމަ، ފިޔަވަޅު އަޅަނީ

އައިމިނަތު މޫސާ
21 އޮކްޓޯބަރު 2025 - 11:06
އީސީގެ ނަންޖަހައިގެން ވޯޓުކަރުދާސް ބޭނުން ކުރާނަމަ، ފިޔަވަޅު އަޅަނީ

އިލެކްޝަންސް ކޮމިޝަނުން ބޭނުންކުރާ ނަމޫނާތަކާއި އެއްގޮތަށް ނަންޖަހައި ވޯޓުކަރުދާސް ބޭނުންކޮށްގެން ވޯޓުދިނުމަށް ކެމްޕެއިން ނުކުރުމަށް އެ ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ އިއުލާނުގައި ވަނީ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓަށް ހޭލުންތެރިކަން އިތުރުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ބޭނުންކުރާ ނަމޫނާތަކާއި އެކޮމިޝަންގެ ނަންޖަހައި ވޯޓުކަރުދާހާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ވޯޓުކަރުދާސް ބޭނުންކޮށްގެން ވަކިގޮތަކަށް ވޯޓުދިނުމަށް ކެމްޕެއިން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރާނަމަ ފިޔަވަޅު އެޅޭނެ ކަމަށް ވެސް އެކޮމިޝަނުން ބުނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިލެކްޝަންސް ކޮމިޝަންނަށް ލިބިފައިވާ ގާނޫނުގެ ދަށުން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 74 ވަނަ މާއްދާގައި ވާގޮތުގެ މަތިން އެކޮމިޝަންގެ ހުއްދަނެތި ވޯޓުކަރުދާސް އުފެއްދުން ނުވަތަ ވޯޓުކަރުދާހުގެ ގޮތުގައި އިންތިހާބުގައި ބޭނުންކުރެވިދާނެއެވެ. އަދި އެއްފަދަ އެއްޗެއް އުފެއްދުމަކީ ކުށެއްކަމަށް ބަޔާން ކޮށްފައިވެއެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑުއަތޮޅު ހުޅުދޫއާއި މީދޫއާއި އެއަތޮޅު ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ގަރާރަކުން ވަނީ ނިންމާފައެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީސީގެ ނަންޖަހައިގެން ވޯޓުކަރުދާސް ބޭނުން ކުރާނަމަ، ފިޔަވަޅު އަޅަނީޚަބަރު | 20 ގަޑިއިރު ކުރިންއައްޑޫ ރައްޔިތުންގެ ހިޔާލު ހޯދުމަށްނަގާ ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފިޚަބަރު | 20 ގަޑިއިރު ކުރިންއީސީގެ އަންދާޒާ: ލޯކަލް ކައުންސިލް އިންތިހާބަށް 80 މިލިއަން ރުފިޔާ ހަރަދުވާނެޚަބަރު | 3 ދުވަސް ކުރިންކައުންސިލް އިންތިހާބު އަންނަ އަހަރުގެެ މާރޗު 28 ގައި ޚަބަރު | 3 ދުވަސް ކުރިން