logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ މާލީ ހާލަތު ގޯސްވަނީ ސަރުކާރުގެ ސިޔާސަތާއި ހެދި: އަމީރު

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
25 އޯގަސްޓު 2024 - 06:26
ފޮޓޯ: މެންދުރު އޮންލައިން
ފޮޓޯ: މެންދުރު އޮންލައިން

ރާއްޖޭގެ މާލީ ހާލަތު ގޯސްވަނީ މިސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ކަަަަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަމީރު ހާމަކުރެއްވިގޮތުގައި އެމްޑީޕީ ސަރުކާރުގައި ކަންކަން ކަނޑައަޅާފައިވާނީ އިގްތިސާދީ ކޮމިޓީގެ އިރުޝާދާއި ލަފާގެ ދަށުން ކަމަށެވެ. ނަމަވެސް މިސަރުކާރުން ވަނީ އެކްޝަން ޕްލޭން ހެދުމާއި ދިރާސާ ކުރުމުގެ ނަމުގައި ސިޔާސަތުތައް ތަންފީޒުކުރަން ފަހަތަށްޖެހިކަމަށާއި އަދި މިކަމުގައި ގިނަ ވަގުތުތަކެއް ބޭކާރުވެގެންވާދާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިސަރުކާރުން ގެންނަންޖެހޭ އިސްލާހީ ފިޔަވަޅުތައް ލަސް ކުރަމުން އަންނަކަމަށާއި މީގެ ސަބަބުން ފައިނޭންސިނގް ގެޕް ބޮޑުވާނެކަމަށް ވެސް އަމީރު ވަނީ ހާމަކޮށްފައެވެ. އަދި މި އަހަރު އިސްލާހީ ފިޔަވަޅުތައް ނޭޅިއްޖެ ކަމުގައި ވަނީ ނަމަ 1.8 ބިލިއަން ރުފިޔާ އިތުރަށް ހޯދަންޖެހޭނެ ކަމަށާއި މިއާއި އެކު ސަބްސިޑީ އަދި ޑެފިސިޓް ވެސް ބޮޑުވެގެން ދާނެ ކަމަށް ވެސް އަމީރު ވަނީ ހާމަކޮށްފައެވެ.

ދައުލަތަށް ލިބެންޖެހޭ 16 މިލިއަން ރުފިޔާ ހޯއްދެވުމަށް ވެސް އަމީރު ވަނީ ސަރުކާރަށް ގޮވާލާފައެވެ. އަދި މިކަމުގައި ސަރުކާރުން ވަރަށް ވެސް ވިސްނުންތެރިވާންޖެހޭނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ. އެގޮތުން އަމީރު ވަނީ އެމްޑީޕީގެ ސިޔާސަތާއި މިސަރުކާރުން ގެންގުޅުއްވާ ސިޔާސަތާއި ގިނަ ގުނަ ތަފާތުތަކެއް ހުންނެވި ކަމަށް ބުނެ ސަރުކާރުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޓެކްސް ގެ ނިޒާމު އިތުރުވަމުން އަންނަ ލިބެންޖެހޭ ފައިސާއާއި މެދު އަމަލުކުރާނެ ގޮތުގެ ސިޔާސަތެއް ވެސް މިސަރުކާރުން އެކުލަވާލާފައިނުވާ ކަމަށާއި މމިފަދަ ސިޔާސަތެއް އެކުލަވާލަން ކަމާއި ބެހޭ ފަރާތްތަަކާއި މަޝްވަރާ ކުރެއްވުމަށް އަމީރު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ސަރުކާރުގެ މަސައްކަތްތަކަށް އިތުރަށް ފާޑު ވިދާޅުވެ އަމީރު ހާމަކުރިގޮތުގައި ބަޖެޓަށް ހޯދަންޖެހޭ ފައިސާ ހޯއްދެވުމަށް ،މިސަރުކާރު ނުކުޅެދިފައިވާކަމަށާއި އެގޮތުން ބަޖެޓަށް ޑޮލަރު ހޯދަން ހުށައެޅުނު ޕްރޮޕޯޒަލް ތަކުން ސަރުކާރް 19 ޕްރޮޕޯޒަލް ކަމަށެވެ. އަދި މީގެއިން އެއްވެސް ޕްރޮޕޯޒަލް އަކުން މިހާތަނަށް އެންމެ ޑޮލަރެއްވެސް ސަރުކާރަށް ލިބިފައިނުވާކަމަށް ވެސް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ކަންކަން ހިންގަނީ ސިއްރުކޮށްގެން ކަމަށާއި އަދި މީގެ ސަބަބުން ރާއްޖޭގެ މިހާރު މާލީ ހާމަކަންވެސް ދަނީ ފަހަތަށްކަމަށް ވެސް އަމީރު ވަނީ ހާމަކޮށްފައެވެ. މިމޭރުމުން ވާޙަކަދައްކަވަމުން އަމީރު އިތުރަށް ވިދާޅުވީ ސަރުކާރުން ރިޕޯޓްތައް އާއްމުކުރުން ހުއްޓާލާފައިވާކަމަށާއި ގިނަ ރިޕޯޓްތައް ހުރީ ހުށައަޅަންވާ މުއްދަތު ފާއިތުވެގޮސްފައިކަމަށެވެ. މީގެ ސަބަބުން މާލީ ހާލަތު ރައްޔިތުންނަށް ނޭނގޭ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ،

އެމްޑިޕީ އިންވަނީ އެޕާޓީގެ ސިޔާސަތާއި މިސަރުކާރުގެ ސިޔާސަތާއި އަޅުވައިކިޔައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑޮލަރުގެ މައްސަލަ އަށް ހައްލެއް ނާންނަނީ އެމްޑީޕީން ރާއްޖޭގެ އިގްތިސޯދު ހަލާކޮށްލުމުން: ސައީދުޚަބަރު | 11 ދުވަސް ކުރިންއެމްޑީޕީ އަށް ރަގަޅުވާނީ ''މިނިކާ ރާއްޖެ'' ހަވާލު ކުރިއްޔާ: ޝުޖާޢުޚަބަރު | 18 ދުވަސް ކުރިންމި ފޮޓޯ ފްރޭމުން ކިޔައިދޭ އަނިޔާވެރިކަމުގެ ވާހަކަރިޕޯޓް | މަހެއް ކުރިންމިއޮތީ އެމްޑީޕީގެ ވެރިކަމުގައި އުތީމު ލަތީފްބެއަށް ދިން އަނިޔާ، ނަޝީދު އެއިރު އިންނެވީ ތާކިހާ އަޅުއްވައިގެންޚަބަރު | މަހެއް ކުރިން