logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީގެ ހިންގުން ބޮއްސުންލާފައި!!؟؟

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
15 ސެޕްޓެމްބަރު 2024 - 18:18
ފޮޓޯ--- އެކްސް
ފޮޓޯ--- އެކްސް

އެމްޑީޕީ ސަލާމަތްކުރުމަށް އެދި އެމްޑީޕީ އުފެދުއްމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކު ކަމަށްވާ މުހައްމަދު ޝަފީގު ގޮވާލައިފިއެވެ.

ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ މުހައްމަދު ޝަފީގު އެކްސްގައި ޝާއިއުކޮށްފައިވާ ޕޯސްޓެއްގައި ވަނީ ފައްޔާޒް އިސްމާއިލް ޕާޓީގެ ގަވާއިދާއި ޚިލާފަށް ޕާޓީގެ ލާރީން މުއާމަލާތްކުރާ ކަމަށް ބުނެ ތުހުމަތުތަކެއް ކޮށްފައެވެ. ފައްޔާޒު ގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ވަހީދަށް ޕާޓީގެ ލާރިން މަހެއްގެ މައްޗަށް 50،000 ދޭ ކަމަށް ޝަފީގު ވަނީ ބުނެފައެވެ. އަދި މިކަމާއި އެމްޑީޕީގެ މާލީ ކަންތައް ބަލަހައްޓާ އެންމެ އިސްފަރާތްކަމަށްވާ ޗެއާޕާސަންގެ ނައިބު ދެކޮޅު ހެދުމުން ފައްޔާޒު އާއި އޭނާގެ ކެމްޕެއިން މެނޭޖަރު އަމިއްލަފުޅަށް ސޮއި ކުރައްވައިގެން ފައިސާ ނެގި ކަމަށް ވެސް ޝަފީގު ވަނީ ބުނެފައެވެ،

Ad by Hajj Corporation

Ad by Hajj Corporation

View post on Twitter

މީގެ އިތުރަށް ޝަފީގު ބުނިގޮތުގައި ފައްޔާޒު އަކީ ޕާޓީގެ ކަންކަމުގައި ޙުދުމުޙުތާރު ގޮތްތައް އިސްކުރައްވާ ރުންކުރު ބޭފުޅެއްކަމަށެވެ، އަދި ޝަފީގުވަނީ ފައްޔާޒު އަކި ރުޅިގަދަ ބޭފުޅެއް ކަމަށް ސިފަ ކުރައްވާފައެވެ. ފައްޔާޒު ޕާޓީގެ އިސް މެންބަރަކާއި ދިމާލަށް " ޕާޓީގެ އެއްވެސް ކަމަކާއި ގުޅިގެން ކަލެއާ ކުރާނެ މަޝްވަރާއެއް ނޯންނާނެކަމަށް" ވިދާޅުވި ކަމަށް ވެސް ޝަފީގުވަނީ ވިދާޅުވެފައެވެ.

ޝަފީގު ވިދާޅުވީ އެމްޑީޕީގެ މާޒީވެ ދިޔަ އެއްވެސް ޒަމާނެއްގައި ޗެއާ ޕާސަންގެ ކެމްޕެއިން މެނޭޖަރަކަަށް މުސާރަދީފައިނުވާނެކަމަށާއި އަދި މިއީ މުސާރަ ލިބޭ މަގާމެއް ނޫންކަމަށް ވެސް ޝަފީގު ވިދާޅުވިއެވެ. އަދި މިކަން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ވެސް އެނގިލައްވާނެ ކަމަށާއި މިއީ އަބަދުވެސް ކަނޑައެޅިފައި އޮންނަ އުސޫލު ކަމަށް ވެސް ޝަފީގު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރަށް އެމްޑީޕީއަކީ ދައުލަތުގެ ބަޖެޓުން ފައިސާދީގެން ރާއްޖޭގެ ގާނޫނު އަސާސީއާއި އެއްގޮތްވާ ގޮތުގެ މަތިން ހިންގަން ޖެހޭ ދައުލަތުގެ މުއައްސަސާއެއް ކަމަށާއި އެއީ އެއްވެސް މީހެއްގެ އަމިއްލަ ކުންފުންޏެއްކަމަށް ދެކިގެން ނުވާނެ ކަމަށް ވެސް ޝަފީގު ވަނީ ވިދާޅުވެެފައެވެ. މީގެ އިތުރަށް ޝަފީގު ވިދާޅުވީ ފައްޔާޒު ވަރަށް ބޮޑަށް ކަންކަމުގައި އަމިއްލަ ޒާތް އިސްކުރައްވާ ކަމަށާއި ފައްޔާޒް ބޭނުންފުޅުވާ ގޮތް ނޫންގޮތަކަށް ޕާޓީ ނުހިންގޭނެކަމަށް ކަމަށް ފައްޔާޒު ވިދާޅުވި ކަމަށް ބުނެ ވަރަށް ބޮޑު ނުރުހުން ފާޅުކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝާހިދަށް މަރުހަބާ ކިޔާށާއި ކެމްޕޭން ހަރަކާތްތަކުގައި އެމްޑީޕީގެ މެމްބަރު ބައިވެރިނުވާން އަންގާ މައްސަލަ ހޫނުވެއްޖެޚަބަރު | 17 ދުވަސް ކުރިން"ވަރަށް މަސައްކަތް ކުރެވިއްޖެ! ސަރުކާރާއި ދެކޮޅަށް މުޒާހަރާކުރަން މީހުން ނުނިކުތް!" - ފައްޔާޒުޚަބަރު | 17 ދުވަސް ކުރިންޑޮލަރުގެ މައްސަލައިގައި އެމްޑީޕީގެ ވެރިކަންތަކުގައި އޮތީ ނާމިޔާބީ، މިހާރު ފާޑުކިޔަނީ މާޒީގެ ހަގީގަތް ފޮރުވަން؟ރިޕޯޓް | 18 ދުވަސް ކުރިންޤައުމީ ވިންދާ އިދިކޮޅުވެ، ޔާމީނާއި އެމްޑީޕީ ފިކުރު އެއްވެއްޖެކަން ހަމައެންމެ މިސާލަކުންރިޕޯޓް | 24 ދުވަސް ކުރިން