އިސްދޫ ދާއިރާގައި އެއާޕޯޓެއް އޮތުން މުހިންމު: މެމްބަރު ޝަފީޢު
23 އޮކްޓޯބަރު 2025 - 13:26

ލާމު އިސްދޫ ދާއިރާގައި އެއާޕޯޓެއް އޮތުން މުހިންމުކަމަށް އެދާއިރާގެ މަޖްލިސް މެންބަރު އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ރައީސުލް ޖުމްހޫރިއްޔާ ލާމު އަތޮޅުގެ މީހުން ދިރި އުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފަހު މަންޒިލަކަށް ވަޑައިގެންނެވީ އިސްދޫ އަދި ކަލައިދޫ އަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ދަތުރުފުޅުގައި އިސްދޫ-ކަލައިދޫ ގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްދޫ ދާއިރާގެ މެންބަރު ވިދާޅުވީ އެ ދާއިރާގެ މައި ދޮރުއަށި ހުޅުވިގެން ދިއުން ވެގެންދާނީ ދާއިރާގަައި ފަތުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެޅޭ ވަރަަށް މުހިންމު ބިންގަލެއް ކަމަށެވެ.
އެއާޕޯޓުގެ ސަބަބުން އިގްތިޞާދީ އެކިއެކި ހަރަކާތްތައް އިސްދޫ ދާއިރާގެ 4 ރަށުގައި ހިނގަންފަށާނެކަމަށާއި އަދި ފަތުރުވެރިކަން ދާއިރާގައި ފުޅާވުމާއެކު އިސްދޫ ދާއިރާގެ ރަށްތަކުގައި ހުރި އާސާރީ ތަންތަނުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ އިސްދޫ ދާއިރާގައި އެއާޕޯރޓް ތަރަށްޤީ ކުރުމަކީ މުޅި ދާއިރާގެ ރައްޔިތުންގެ އުންމިީދާ ގުޅިފައިވާކަމެއްކަމަށެވެ. ދާއިރާގައި އެއާޕޯތެއް ބިނާކުރުމަށް އިސްދޫ ދާއިރާގެ 4 ރަށުގެ ރައްޔިތުންވެސް ތިބީ އެއްވިސްނުމެއްގައިކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.
އިސްދޫ ދާއިރާގެ ރައްޔިތުންނަށް އުފާވެރިކަން ދެއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ޖަލްސާގައި ވިދާޅުވެފައިވަނީ ލ. އަތޮޅުގައި އަޅާ ދެވަނަ އެއާޕޯޓު އިސްދޫ ކަލައިދޫގައި އަޅާނަމަ އެކަމަށް ބިން ހިއްކަން ނުޖެހޭނެކަމަށެވެ.
"ލ. އަތޮޅުގައި ގާއިމްކުރާ ދެވަނަ އެއާޕޯޓު އަޅާނީ ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތުގެ ދަށުން. އަދި މިކަމާ ގުޅިގެން އިސްދޫ ދާއިރާގެ 4 ރަށް މާބައިދޫ، ދަނބިދޫ، އިސްދޫ އަދި ކަލައިދޫ ރައްޔިތުން ދިން ހިޔާލުތަކަށް އިހުތިރާމްކޮށް، އެ ކަންކަން ބަލައިގަންނަން". ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އެޅުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެއް އުއްމީދުކަން ފާހަގަކުރައްވައި، އެ ވަޢުދު ފުއްދަވާނެ ކަމުގެ ޔަޤީންކަން ތަކުރާރުކޮށް ދެއްވަމުންނެވެ.

-01.jpg&w=3840&q=75)
