logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީގެ ބޭއްވި ޕެނަލް ޑިސްކަޝަންގައި މަސްތުގެ ހާލުގައި އިން މީހެއް ބައިވެެރިކުރުމުން ފާޑުކިޔުން

މުހައްމަދު މޫސާމުހައްމަދު މޫސާ
24 އޮކްޓޯބަރު 2025 - 02:55
އެމްޑީޕީގެ ހަރުކާތުގައި މަސްތުގެ ހާލުގައި އިނދެ އެމީހާ ވާހަަކަ ދައްކަނީ، ފޮޓޯ:ރާއްޖެ ޓީވީގެ ލައިވުން ނަގާފައިވާ ސްކްރީންޝޮޓެއް
އެމްޑީޕީގެ ހަރުކާތުގައި މަސްތުގެ ހާލުގައި އިނދެ އެމީހާ ވާހަަކަ ދައްކަނީ، ފޮޓޯ:ރާއްޖެ ޓީވީގެ ލައިވުން ނަގާފައިވާ ސްކްރީންޝޮޓެއް

އެމްޑީޕީގެ ބޭއްވި ޕެނަލް ޑިސްކަޝަންގައި މަސްތުގެ ހާލުގައި އިން މީހެއް ބައިވެެރިކުރުމުން ގިނަ ބަޔަކު ފާޑުކިޔަމުން އެބަދެއެވެ.

އެމްޑީޕީން އެ ޕާޓީގެ މައި ހަރުގޭގައި ރޭއްވި ބޭއްވި މި ޑިސްކަޝަންގައި ކުރިއަށް ގެންދިޔައީ އެ ޕާޓީން އެންމެ ފަހުން ބޭއްވި މުޒާހަރާގައި ގާނޫނާއި ޚިލާފްވެގެން ހައްޔަރުކުރި މީހުން ބައިވެރިކޮށްގެންނެވެ. އެ މީހުންނާއި އާންމު މެމްބަރުންނާއި ސުވާލުކުރެވޭގޮތަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ބައިވެރިވި މީހަކު އިނީ މަސްތުގެ ހާލުގައި ކަމަށް އޭނާގެ ހަރަކާތްތަކުންނާއި ދެއްކި ވާހަކަތަކުން ވަރަށް ބޮޑަށް އެނގޭހާ ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަސްތުވާތަކެތި ބޭނުންކުރުމަކީ އިސްލާމް ދީނުގައި ޙަރާމް ކަމެކެވެ. އަދި އިސްލާމް ދީން އަސްލަކަށް ބަލައިގެން ހަދާފައިވާ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ބާރުލިބިދޭ ގާނޫނުތަކުން ވެސް މަނާ ކަމެކެވެ. އަދި އެއީ މިވަގުތު ގައުމުގައި އޮތް އެންމެ ބޮޑު ގައުމީ އެއް މައްސަލައެވެ.

މިފަދަ މައްސަލަތަކަކީ ސިޔާސީ ޕާޓީތަކުންނާއި މުޅި ގައުމު ގުޅިގެން ނޫނީ ހައްލުވާންނެތްކަމެއްކަމުގައިވާއިރު، ސިޔާސީ ޕާޓީތަކުގެ އެންމެ އިސް ދައުރަކަށްވާންވާނީ މުޖުތަމައުގެ ސަލާމަތްތެރިކަމާއި ނޭދެވޭ އެންމެހާ ކަންކަމުން ދުރުކުރުންކަމަށްވާއިރު، މަސްތުގެ ހާލުގައި އިން މީހަކު އެމްޑީޕީން ކުރީ ސަފަށްނެނެ، އޭނާގެ ވާހަކަތައް ލައިވް ޓީވީން ގެނެސްދިނުމަކީ ގިނަ ބަޔަކަށް ބަލައިގަނެވުނުކަމެއްނޫނެވެ.

އެމްޑީޕީން ރޭ ބޭއްވި ހަރަކާތުގައި ކުރީ ސަފުގައި އިށީނދެ، އޯޑިއަންސާއި ކުރިމަތިލައި އޭނާ ވާހަކަ ފެށިއިރުވެސް އިނީ ''ހަމައިގައި ނޫންކަން'' އެނގެއެވެ. ނަމަވެސް އޭނާ ހުއްޓުވައި، އެފަދަ މީހެއް އެކަމުގައި ބައިވެރިކުރުމުން ދުރުހެލިވާން އެމްޑީޕީން މާބޮޑު މަސައްކަތެއް ކުރިތަނެއް ނުފެނެއެވެ.

އޭނާ މަސްތުގައި އިނދެ ދައްކަމުން ދިޔަ ވާހަކަތައް އެމްޑީޕީގެ ޕްރޮޕެގެންޑާ ފަތުރާ ޗެނަލުން ލައިވް ކުރަމުން ދިޔައިރު، އެމީހާ ވަނީ ''ޝިޔާމްބޭ ކައިރީ ދަޅެއް'' ދިނުމަށް އެދިފައެވެ.

''ޝިޔާމްބޭ ދީބަލަ ދަޅެއް، ދެންމެއޭ މައިކް މި ލިބުނީ، މަށަށް އެންމެ 15 ސިކުންތުދޯ، އޯކޭ ޝުކުރިއްޔާ'' އޭނާ ވާހަކާގައި ބުނެފަވެއެވެ.

އޭނާ ވާހަކަ ދައްކަމުން އޭނާގެ ނަމަކީ ''ޑެތު'' ކަމަށާއި، އޭނާ އަކީ އާޓިސްޓެއްކަމަށް ބުނެފަވެއެވެ. އަދި އެ ޕާޓީގެ މެމްބަރު އަހްމަދު އައްބާސަކީ ވެސް އާޓިސްޓެއްކަމަށް ބުނެފަވެއެވެ. އެހިސާބުން އޭނާގެ ވާހަކަ ގެންދިޔަތަނާ މީހަކު އައިސް އޭނާ އަތަށް ދަޅެއް ދޭތަން ފެނެއެވެ. އަދި އޭނާ ވަނީ ''ޝުކުރިއްޔާ ސިޔާމްބެ'' ބުނެ އެމީހަކަށް ޝުކުރު އަދާކޮށްފައެވެ.

''ޝިޔާމްބޭ، މަމިއައީ އަސްލު ޝިޔާމްބޭ ކައިރިއަށް ރާޒުވާ ކުޅެންވެގެން، މިތާކަށް ނޫން އަސްލު، ޝިޔާމްބޭ ކައިރިއަށް'' އެމީހާ ބުނެފަވެއެވެ.

 

 

މިފަދަ މީހެއް މަސްތުގެ ހާލުގައި އިނދެ އެމްޑީޕީގެ ކުރި ސަފުގައި ވާހަކަދައްކާފައިވާއިރު، މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެކަމެއްނޫންކަމަށް ބުނެ ގިނަބަޔަކު މިސްމީޑިއާގައި އަންނަނީ އަޑު އުފުލަމުންނެވެ.

މަސްތުވާތަކެތި ބޭނުންކުރުމަކީ ގާނީނޫނީ ކުށަކަށްވާއިރު، މިފަދަ މީހަކަށް އެމްޑީޕީން ފުރުސަތު ދިނުމުން އެއީ އެމްޑީޕީން ސީދާ ގާނޫނާއި ޚިލާފްވުމެވެ. އެގޮތަށް ބުނުމުގެ ފުރުސަތު ލިބެނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ސިޔާސީ ޕާޓީ އަކުން ކޮށްގެން ނުވާނެކަންކަމުގެ ގޮތުގައި ''އިސްލާމްދީނުގެ އަސްލަކާ ހިލާފު އަމަލެއް ހިންގުމާއި'' އަދި ''ގާނޫނުއަސާސީއާއި ގާނޫނާ ހިލާފު އަމަލެއް ހިންގުން'' ބަޔާންކޮށްފައިވާތީއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިޟުވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ބަންދުން ދޫކޮށްލީ އެމްޑީޕީ ސަރުކާރުގަ: އުޝާމްޚަބަރު | 5 ދުވަސް ކުރިން"އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅި ޖަހާފައި" ތިބި ގައުމިއްޔަތާއި ދީނާ ދުރު ފެއިލިއަރުންގެ ފުށުން ހެވެއް ނުލިބޭނެރިޕޯޓް | 6 ދުވަސް ކުރިން"ބޮޑު ބަދަލު" ބައްދަލުވުން ލަންކާގައި ވެސް ބާއްވަނީޚަބަރު | 11 ދުވަސް ކުރިން ޑޮކިއުމެންޓްރީއާ ގުޅޭ ކޯޓު އަމުރާ އެއްގޮތަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް އީސީން އަންގައިފިޚަބަރު | 11 ދުވަސް ކުރިން