logo
Bank of Maldives

Bank of Maldives

ޚަބަރު

ވަގުތީ ނަތީޖާ: ފޭދޫއިން ބޭނުންވަނީ ވަކި ނުވުމަށް، ހުޅުދޫއާއި މީދޫން ބޭނުންވަނީ ވަކި ކައުންސިލެއް

އައިމިނަތު މޫސާ
25 އޮކްޓޯބަރު 2025 - 16:20
ވަގުތީ ނަތީޖާ: ފޭދޫއިން ބޭނުންވަނީ ވަކި ނުވުމަށް، ހުޅުދޫއާއި މީދޫން ބޭނުންވަނީ ވަކި ކައުންސިލެއް

އައްޑޫގައި ސިޓީ ކައުންސިލް އޮންނަ ގޮތާމެދު ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި، ހުޅުދޫ އަދި މީދޫގެ ރައްޔިތުން ބޭނުންވަނީ އެ ދެ ރަށުގައި ވަކިވަކި ކައުންސިލްތަކެއް ގާއިމުކުރުމަށް ކަމަށާއި، އަދި ފޭދޫއިން ބޭނުން ވަނީ ވަކި ކައުންސިލެއް އުފައްދަން އެ ރަށުގެ ރައްޔިތުން ބޭނުން ނުވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

މިއަދު ހެނދުނު 08:00 ގައި މިކަމާ މެދު ގޮތެއް ނިންމުމަށް ވޯޓުލުން ފެށިއިރު ވޯޓުލުމުގެ ކިއު ބަންދުކޮށްފައި ވަނީ ހަވީރު 4:00 ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އީސީން އާންމު ކުރި ވަގުތީ ނަތީޖާއިން އައްޑޫ ފޭދޫއަށް ހާއްސަ ކުރެވިގެން އެރަށުގައި ކައުންސިލެއް އުފައްދަން ފެންނަކަމަށް ލިބުނު ވޯޓުގެ އަދަދަކީ 616 ވޯޓު އެވެ. އަދި ވަކި ކައުންސިލެއް ބޭނުން ނުވާކަމަށް 1784 ވޯޓެއެވެ. އެގޮތުން ސައްހަ ވޯޓުގެ ގޮތުގައި ލިބިފައިވަނީ 2400 ވޯޓު އަދި ބާތިލް ވޯޓުގެ ގޮތުގައި 36 ވޯޓް ވަނީ ލިބިފައެވެ. ވޯޓު ލީމީހުންގެ ޖުމްލަ އަދަދަކީ 2436 އެވެ. ފޭދޫއިން ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 4355 އެވެ. މިއީ ވޯޓު ލީމީހުންގެ 55.94 އިންސައްތައެވެ.

މީދޫއަށް ހާއްސަ ކުރެވިގެން އެރަށުގައި ކައުންސިލެއް އުފައްދަން ފެންނަކަމަށް ލިބުނު ވޯޓުގެ އަދަދަކީ 847 ވޯޓުއެވެ. ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށް 144 ވޯޓު އެވެ. ސައްހަ ވޯޓު 991 ވޯޓު ވަނީ ލިބިފައެވެ. ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 2347 އެވެ. ވޯޓު ލީ މީހުންގެ އަދަދު 1008 އެވެ. ވޯޓު ލީ މީހުންގެ އިންސަައްތަ އަކީ 42.95 ކެއެވެ. އަދި 17 ވޯޓެއް ބާތިލްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.

ހުޅުދޫއަށް ހާއްސަ ކުރެވިގެން އެރަށުގައި ކައުންސިލެއް އުފައްދަން ފެންނަކަމަށް ލިބުނު ވޯޓުގެ އަދަދަކީ 623 ވޯޓުއެވެ. އޭގެ ތެރެއިން 329 މީހުން ބުނެފައިވަނީ ވަކި ކައުންސިލެއް އުފައްދަން ނުފެންނަ ކަމަށެވެ. އެއީ ވޯޓުލީ އިންސައްތައިން ބަލާނަމަ 37.20 ވޯޓެއެވެ. ވޯޓުގައި ހުޅުދޫގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި 1،075 މީހުން ވޯޓުލިއެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 2274 ކެއެވެ. ވޯޓު ލީ މީހުންގެ އިންސަައްތަ އަކީ 37.20 ކެއެވެ. އަދި 17 ވޯޓެއް ބާތިލްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑުއަތޮޅު ހުޅުދޫއާއި މީދޫއާއި އެއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން ނިންމުމާއި ގުޅިގެން ނެގި ވޯޓެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫސިޓީ ވޯޓުގެ ދާއިމީ ނަތީޖާ އިއުލާން ކޮއްފިޚަބަރު | 2 ގަޑިއިރު ކުރިންސިޓީ ކައުންސިލުން މީދޫއާއި ހުޅުދޫ ވަކިވާން ނިންމި ނިންމުން ފާހަގަކުރަން ހަވާ އަރުވަނީޚަބަރު | 6 ގަޑިއިރު ކުރިންއައްޑޫ ވޯޓުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ފުރިހަމަ އިންތިޒާމުތަކެއްގެ ތެރެއިން: އެޗްއާރުސީއެމްޚަބަރު | 6 ގަޑިއިރު ކުރިންވަގުތީ ނަތީޖާ: ފޭދޫއިން ބޭނުންވަނީ ވަކި ނުވުމަށް، ހުޅުދޫއާއި މީދޫން ބޭނުންވަނީ ވަކި ކައުންސިލެއްޚަބަރު | 21 ގަޑިއިރު ކުރިން