logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން ފީފާއިންދޭ އެއްބާރުލުމަށް ރައީސްގެ ޝުކުރު

އައިޝަތު ނަޝާ
25 އޮކްޓޯބަރު 2025 - 06:01
ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން ފީފާއިންދޭ އެއްބާރުލުމަށް ރައީސްގެ ޝުކުރު

ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ދެމުންދާ އެއްބާރުލުން ފާހަގަކުރައްވާ އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ރައިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޝުކުރު އަދާކުރައްވާފިއެވެ.

ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން ފީފާއިންދޭ އެއްބާރުލުން ފާހަގަކުރައްވާ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފީފާގެ ރައީސް ޖިއަނީ އިންފަންޓީނޯ ރާއްޖެވަޑައިގަތުމުން އެކަމާ އުފާކުރައްވާކަމަށާއި ޝުކުރު އަދާކުރައްވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ފީފާގެ ރައީސްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފުޓުބޯޅަ އިތުރަށް ކުރިއެރުވުމަށްޓަކައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެއްބާރުލުމާއެކު މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙްމަދު ޠާރިޤުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

2006 ވަނަ އަހަރު ފީފާގެ އެއިރުގެ ރައީސް ސެޕް ބްލެޓާ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެންނެވިފަހުން ފީފާގެ ރައީސަކު ރާއްޖެ ވަޑައިގެން މިއީ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަން ޖެހެއެވެ. އެހެންކަަމުން އިންފަންޓީނޯގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފުޓުބޯޅައަށް ހާއްސަ ދަތުރުފުޅެެކެވެ.

އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅާ ގުޅުވައި، ހުކުރު ދުވަހުގެ ހަވީރު ގަލޮޅު ދަނޑުގައި ހާއްަސަ ފެސްޓިވަލެއް ބާއްވާފައިވެއެވެ. މި ފެސްޓިވަލްގެ ތެރެއިން، ރައީސް ޑރ. މުއިއްޒުއާއި އިންފަންޓީނޯ ބައިވެރިވެވަޑައިގަތް ފުޓުބޯޅަ މެޗެއް ވެސް ކުރިއަށްދިޔައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް 4 ބޭފުޅަކު ޢައްޔަންކުރައްވައިފިޚަބަރު | 3 ގަޑިއިރު ކުރިންރާއްޖޭގެ އަތޮޅު މުބާރާތަށް ފީފާގެ މާލީ ބޮޑު އެހީއެއްޚަބަރު | 11 ގަޑިއިރު ކުރިންތައިލޭންޑުގެ ރަސްގެފާނުގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެޚަބަރު | ދުވަހެއް ކުރިންރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން ފީފާއިންދޭ އެއްބާރުލުމަށް ރައީސްގެ ޝުކުރުޚަބަރު | ދުވަހެއް ކުރިން