logo
Bank of Maldives

Bank of Maldives

ޚަބަރު

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް 4 ބޭފުޅަކު ޢައްޔަންކުރައްވައިފި

އާމިނަތު ޝަފާ
26 އޮކްޓޯބަރު 2025 - 13:18
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް 4 ބޭފުޅަކު ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް 4 ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.

ޤާނޫނު ނަންބަރު 27/2015 ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށްރައީސް މުޢިއްޒު، ޢައްޔަންކުރައްވާފައިވާ 4 ބޭފުޅުންނަކީ ދަފްތަރު ނަންބަރު ރސ 1188، އަލްއުސްތާޛު ޝުޢައިބު ޢަބްދުއްރަޙްމާނާއި، ދަފްތަރު ނަންބަރު ރސ 12854، އަލްއުސްތާޛު ޝިފާޒު ޢަލީއާއި ދަފްތަރު ނަންބަރު ރސ 1851، ޢަލީ މުޙައްމަދުމަނިކު އަދި ގދ. ތިނަދޫ މާކޯޅި، ފާޠިމަތު ޝަރީފެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާގުޅޭ މައްސަލަތައް ބަލައި ފިޔަވަޅުއަޅާނެ އިޖުރާއަތުތަކާއި އުސޫލުތައް ކަނޑައެޅުމަށާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި އުފައްދަވާފައިވާ ކޮމިޝަނެކެވެ.

ކޮމިޝަން އެކުލެވިގެންވަނީ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް 4 ބޭފުޅަކު ޢައްޔަންކުރައްވައިފިޚަބަރު | 3 ގަޑިއިރު ކުރިންރާއްޖޭގެ އަތޮޅު މުބާރާތަށް ފީފާގެ މާލީ ބޮޑު އެހީއެއްޚަބަރު | 11 ގަޑިއިރު ކުރިންތައިލޭންޑުގެ ރަސްގެފާނުގެ މަންމާފުޅު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެޚަބަރު | ދުވަހެއް ކުރިންރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން ފީފާއިންދޭ އެއްބާރުލުމަށް ރައީސްގެ ޝުކުރުޚަބަރު | ދުވަހެއް ކުރިން