logo
Bank of Maldives

Bank of Maldives

ދުނިޔެ

ތައިލެންޑްގެ ކުރީގެ ރާނީ ސިރިކިތް އަވަހާރަވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
25 އޮކްޓޯބަރު 2025 - 07:55
ތައިލެންޑްގެ ކުރީގެ ރާނީ ސިރިކިތް
ތައިލެންޑްގެ ކުރީގެ ރާނީ ސިރިކިތް

ބެންކޮކް (19 އޮކްޓޯބަރު): ތައިލެންޑްގެ ކުރީގެ ރާނީ ސިރިކިތް 93 އަހަރުފުޅުގެ އުމުރުފުޅުގައި އަވަހާރަވެއްޖެކަމަށް ތައިލެންޑްގެ ރަސްގެފާނުގެ އޮފީހުން ހޮނިހިރު ދުވަހު އިޢުލާނުކޮށްފިއެވެ.

ރަސްގެފާނުގެ އޮފީހުން ޢާންމުކުރި ބަޔާނެއްގައިވާ ގޮތުން، ރާނީ ސިރިކިތް އަވަހާރަވީ ހުކުރު ދުވަހުގެ ރޭގަނޑުއެވެ. 2012 ވަނަ އަހަރު ސްޓްރޯކްއެއް ޖެހުމާ ގުޅިގެން ރާނީ ސިރިކިތް ވަނީ ޢާންމު ދިރިއުޅުމުން މުޅިން ދުރުވެވަޑައިގެންފައެވެ. ރަސްގެފާނުގެ އޮފީހުން ބުނެފައިވާ ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން އެކި ބަލިތަކާ ގުޅިގެން ހޮސްޕިޓަލްގައި އެނދުމަތިވެވަޑައިގެން އޮންނަވަނިކޮށް، 17 އޮކްޓޯބަރުގައި ލޭގެ ތެރެއަށް އިންފެކްޝަނެއް ވަދެ، ބަލިފުޅު ވަރަށް ބޮޑުވެފައިވަނިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާއި ގުޅިގެން ރަސްގެފާނުގެ ޢާއިލާއާއި ރަސްގެފާނުގެ އޮފީހުގެ މުވައްޒަފުންނަށް އެއް އަހަރު ދުވަހުގެ ހިތާމައިގެ މުއްދަތެއް ވަނީ އިޢުލާނުކޮށްފައެވެ.

ތައިލެންޑްގެ ބޮޑުވަޒީރު އަނުތިން ޗަންވިރަކުލް ވަނީ މެލޭޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ އާސިއާން ސަމިޓަށް ދިއުން ކުރީގެ ރާނީގެ އަވަހާރަވުމާ ގުޅިގެން ކެންސަލްކުރައްވާފައިކަމަށް ސަރުކާރުގެ ތަރުޖަމާނަކު ބުނެފައިވެއެވެ. އަދި ރަސްމީ ޖަނާޒާއާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހޮނިހިރު ދުވަހު ކެބިނެޓް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ތައިލެންޑްގެ ގިނަ ތައި ރައްޔިތުންނަށް ކުރީގެ ރާނީ ސިރިކިތް ހަނދާނަށް ގެންނަނީ އެކަމަނާގެ ހެޔޮއެދިވަޑައިގަތުމާއި އެހީތެރިކަމުގެ މަސައްކަތްޕުޅުތަކާއި، މައިންގެ ހެޔޮ ސިފަތަކުގެ ނަމޫނާއެއްގެ ގޮތުގައިަކަމަށް ތައި މީޑިއާއިން ސިފަކޮށްފައިވެއެވެ.

އެކަމަނާގެ އަވަހާރަވުމާ ގުޅިގެން ތައިލެންޑްގައި ވަރަށް ބޮޑު އިޙްތިރާމާއެކު ޢަމަލުކުރެވޭނެއެވެ. އެއީ ރަސްކަމުގެ ނިޒާމާ ދެކޮޅަށް ވާހަކަދެއްކުމަކީ ޤާނޫނީ ގޮތުން މަނާކަމަކަށްވެފައި، އެފަދަ ކަމެއް ކޮށްފިނަމަ ޖަލަށްލުމުގެ އަދަބު ކަނޑައެޅިފައިވާތީއެވެ. މި ޤާނޫނުގެ ދަށުން އަވަހާރަވެފައިވާ ރަސްކަލުންނާ ދެކޮޅަށްވެސް ވާހަކަދެއްކުމަކީ މަނާކަމެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޮރްމުޒް ކަނޑުއޮޅީގެ ހަމަޖެހުން ގާއިމުކުރުމަށް ސަރަހައްދީ އެއްބާރުލުމަށް އީރާނުން ގޮވާލައިފިދުނިޔެ | 12 ދުވަސް ކުރިންޖަޕާނުގެ ދެކުނަށް 7.1 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކާއެކު، ސުނާމީގެ އިންޒާރު ނެރެފިދުނިޔެ | 12 ދުވަސް ކުރިންނަތަންޔާހޫ އާއި މިލެއިގެ ތާއީދާއެކު ފްލާވިއޯ ބްރެޒިލްގެ ރިޔާސީ ކެމްޕޭން ފައްޓަވައިފިދުނިޔެ | 14 ދުވަސް ކުރިންއިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރަކަށް އެންޑީ ބާންހަމް އައްޔަންކޮށްފިދުނިޔެ | 20 ދުވަސް ކުރިން