logo
MPL

MPL

ދުނިޔެ

ޓްރަމްޕް، ގަތަރުގެ އަމީރާ ބައްދަލުކުރަށްވައި މަޝްވަރާކުރަށްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
26 އޮކްޓޯބަރު 2025 - 04:59
ޓްރަމްޕް، ގަތަރުގެ އަމީރާ ބައްދަލުކުރަށްވައި މަޝްވަރާކުރަށްވައިފި

ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބައްދަލުކުރަށްވައިފިއެވެ.

މިއީ ޓްރަމްޕް އެއަރ ފޯސް ވަން ޖެޓަށް ތެޔޮ އެޅުމަށް ކުރި ކުރު މަޑުކުރުމެއްގައި، ގަތަރުގެ އަލް އުދައިދް އެއަރބޭސްގައި ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުކުރެއްވުމުގައި ސަރަޙައްދީ މުހިންމު މައްސަލަތަކާއި ޣައްޒާގެ ހާލަތާ މެދު މަޝްވަރާކުރެވިފައިވާ ކަމަށް ޤަޠަރުގެ ނިއުސް އެޖެންސީ ކިއުއެންއޭ އިން ރިޕޯޓުކޮށްފައި ވެއެވެ.

ޤަޠަރުގެ ނިއުސް އެޖެންސީ ކިއުއެންއޭ އިން ޝާއިޢުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ރައީސް ޓްރަމްޕް ވަނީ "ސަރަޙައްދުގެ ސުލްޙައާއި ސަލާމަތްތެރިކަން" ދެމެހެއްޓުމުގައި އަމީރާއި ޤަޠަރުގެ ދައުރަށް "ޝުކުރާއި ތަޢުރީފު" ކުރަށްވާފައެވެ.

އެ ދެ ބޭފުޅުން ވަނީ މައިގަނޑު ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާއި ކުރިއެރުންތަކާ މެދު، އަދި ޣައްޒާ އާއި އަދި އިސްރާއީލުން ހިފާފައިވާ ފަލަސްޠީނު ސަރަޙައްދުތަކުގެ މިހާރުގެ ޙާލަތާ މެދު ވެސް މަޝްވަރާކުރައްވާފައި ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

ޚާއްޞަގޮތެއްގައި، ސަރަޙައްދުގައި ސުލްޙަ ޤާއިމުކުރުމަށް އެހީތެރިވުމާއި، ޣައްޒާގައި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުން ހަރުދަނާކުރުމާއި، އަދި އެ އެއްބަސްވުމުގެ ހުރިހާ މާއްދާތަކެއް ފަރާތްތަކުން ތަންފީޒުކުރާކަން ޔަޤީންކުރުމާ ގުޅޭ ކަންކަމަށް މި މަޝްވަރާތަކުގައި ބޮޑު ސަމާލުކަމެއް ދެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ގަތަރާއި އެމެރިކާގެ ބޮޑު އިސްނެގުމަކާއެކު 10 އޮކްޓޯބަރުގައި އެއްބަސްވި ހަމާސް-އިސްރާއީލް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިސްރާއީލުން އިހްތިރާމްނުކޮށް އަދި ވެސް ދަނީ ފަލަސްތީނުގެ ތަންތަނަށް ހަމަލާދީ މީހުން ޝަހީދުކުރަމުންނެވެ. އަދި ހުޅަނގުއައްސޭރީގެ އިތުރިު ބިންތައް ފޭރިގަތުމަށް އިސްރާއީލުގެ ގާނޫނުހަދާ މަޖިލީހުން އަންނަނީ ގާނޫނެއް ފާސްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕް ބޭނުންވަނީ ހޮރްމުޒް ކަނޑުއޮޅީގެ ނަން 'ޓްރަމްޕް ސްޓްރެއިޓް' އަށް ބަދަލުކުރަން ޚަބަރު | މަހެއް ކުރިންއީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާއެކު އެމެރިކާގެ އެއާކްރާފްޓް ކެރިއަރުތަކަށް ބާރުބޮޑުވެ، އޭޝިއާ ސަރަހައްދު ހުސްވެއްޖެދުނިޔެ | 2 މަސް ކުރިންއިންޑޮނޭޝިއާއަށް އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއްދުނިޔެ | 2 މަސް ކުރިންހޮރްމުޒް ކަނޑުއޮޅީގެ ހަމަޖެހުން ގާއިމުކުރުމަށް ސަރަހައްދީ އެއްބާރުލުމަށް އީރާނުން ގޮވާލައިފިދުނިޔެ | 2 މަސް ކުރިން