logo
Bank of Maldives

Bank of Maldives

ދުނިޔެ

ފަލަސްތީނުގެ ވެސްޓް ބޭންކް އަތްދަށުލާން އިސްރާއީލުން ނިންމުމުން އިޓަލީގެ ޔޫރަޕިއަން ޕާލަމެންޓް މެންބަރެއްގެ އިސްރާއީލު ދަތުރު ކެންސަލްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
25 އޮކްޓޯބަރު 2025 - 09:46
އިޓަލީގެ ޔޫރަޕިއަން ޕާލަމެންޓްގެ މެންބަރު ލޫޗިއާ އަނުންޒިއާޓާ
އިޓަލީގެ ޔޫރަޕިއަން ޕާލަމެންޓްގެ މެންބަރު ލޫޗިއާ އަނުންޒިއާޓާ

އިޓަލީގެ ޔޫރަޕިއަން ޕާލަމެންޓްގެ މެންބަރު ލޫޗިއާ އަނުންޒިއާޓާ، އަންނަ ހަފްތާގައި އިސްރާއީލަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރު ކެންސަލްކުރައްވައިފިއެވެ.

މި ނިންމުން ނިންމަވާފައި ވަނީ ސްރާއީލުގެ ޕާލަމެންޓުން ވެސްޓް ބޭންކް އެނެކްސްކުރުމަށް ފާސްކުރި ޤާނޫނާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ކެނެސެޓްގެ ދަޢުވަތަކަށް ޔޫރަޕިއަން ޕާލަމެންޓްގެ ވަފުދެއް އަންނަ ހަފްތާ އިސްރާއީލަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ބައިވެރިނުވުމަށް އަހަރެން ނިންމައިފިން،" އަނުންޒިއާޓާ ވިދާޅުވިއެވެ.

އޭނާ މި ދަޢުވަތު ދެކޮޅު ހެއްދެވި ސަބަބު ބަޔާންކުރައްވަމުން ވިދާޅުވީ، ވެސްޓް ބޭންކް އެނެކްސްކުރުމުގެ ޤާނޫނު ފާސްކުރުމާއި އދ. އަށް އަމާޒުކޮށް ހިންގާ ހަމަލާތަކުން ދައްކުވައިދެނީ އިސްރާއީލުގެ ޕާލަމެންޓް ސުލްހައާ ބެހޭގޮތުން ވާހަކަދައްކަން ތައްޔާރަށް ނެތްކަމެވެ. މި ނިންމުން ނިންމީ ޤައުމީ ފެންވަރުގައި ޑިމޮކްރެޓިކް ޕާޓީއާ އެއްބަސްވެގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު އިސްރާއީލުގެ ޕާލަމެންޓުން ވަނީ ވެސްޓް ބޭންކް އެނެކްސްކުރުމަށާއި ޖެރޫސަލަމްގެ އިރުމަތީގައިވާ ފަލަސްތީނުގެ ބިމުގައި ޤާއިމުކޮށްފައިވާ މައާލެ އަދުމިމް އާބާދީ އެނެކްސްކުރުމަށް ދެ ބިލެއް ފުރަތަމަ ކިޔުމަށް ފާސްކޮށްފައެވެ. މި ބިލުތައް ޤާނޫނަކަށް ވުމަށް އިތުރު ތިން ކިޔުން ކިޔަންޖެހެއެވެ.

ބައިނަލްއަޤްވާމީ ތަފާތު ފަރާތްތަކުން ބުނާ ގޮތުގައި، މި ޤާނޫނުތައް ތަންފީޒުކޮށްފިނަމަ، އދ. ގެ ޤަރާރުތަކުގައި ވިސްނާފައިވާ ދެ ދައުލަތުގެ ހައްލު ތަންފީޒުކުރުމުގެ އެއްވެސް ފުރުސަތެއް ނޯންނާނެއެވެ. މިކަމާ ގުޅިގެން ތުރުކީ ހިމެނޭ 15 ޤައުމަކާއި އަރަބު ލީގާއި އިސްލާމިކް ކޯޕަރޭޝަން އޮގަނައިޒޭޝަނުން އެކުގައި ނެރުނު ބަޔާނެއްގައި ވަނީ ވެސްޓް ބޭންކުގައި "އިސްރާއީލުގެ ސިޔާދަތު" ތަންފީޒުކުރުމަށް ފާސްކުރި ބިލުތަކާމެދު ކުށްވެރިކޮށްފައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (ICJ) އިން ނެރުނު އާދަޔާ ޚިލާފު ރައުޔެއްގައި ވަނީ އިސްރާއީލުން ފަލަސްތީނުގެ ސަރަހައްދުތައް އޮކިއުޕައިކޮށްފައި ބޭތިއްބުމަކީ ޣައިރު ޤާނޫނީ ކަމެއްކަމަށް ކަނޑައަޅައި، ވެސްޓް ބޭންކާއި އިރުމަތީ ޖެރޫސަލަމްގައި ޤާއިމުކޮށްފައިވާ ހުރިހާ އާބާދީތަކެއް އުވާލުމަށް ގޮވާލާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާގައި އިންސާނުންގެ އުމުރު 150 އަހަރަށް ދިގުކުރުމަށް ބޭހެއް އީޖާދުކުރަނީޚަބަރު | 5 ދުވަސް ކުރިންޖަޕާނުގެ އުތުރު ސަރަޙައްދަށް ބާރުގަދަ ބިންހެލުމެއްޚަބަރު | 6 ދުވަސް ކުރިންވެނެޒުއޭލާގެ ރައީސް މަދޫރޯ އަވަހާރަކޮށްލެވޭނެ ގޮތްތައް ޓްރަމްޕް ދަނީ ވަޒަންކުރަމުން: ރިޕޯޓްޚަބަރު | 9 ދުވަސް ކުރިންގާޒާގައި އދ. ގެ ސުލްހަ ބަލަހައްޓާ ސިފައިންނާ ގުޅެން މެލޭޝިއާ ތައްޔާރު: އަންވަރުދުނިޔެ | 19 ދުވަސް ކުރިން