logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫ ވޯޓު: ވޯޓު ފޮށިތައް ބަންދުކޮށް، ވޯޓު ގުނަން ފަށައިފި

ޢައްފާން މުޙައްމަދު
25 އޮކްޓޯބަރު 2025 - 12:07
ފޭދޫގައި ބަހައްޓާފައިވާ ވޯޓުފޮއްޓެއް ގުނުމުގެ މަސައްކަތް އީސީގެ އޮފިޝަލުން ފަށަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ފޭދޫގައި ބަހައްޓާފައިވާ ވޯޓުފޮއްޓެއް ގުނުމުގެ މަސައްކަތް އީސީގެ އޮފިޝަލުން ފަށަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

އައްޑޫގައި ސިޓީ ކައުންސިލް އޮންނަ ގޮތާމެދު ޚިޔާލު ހޯދުމަށް ނަގާ ވޯޓުގައި ވޯޓުލާން ކަނޑައަޅާފައިވާ ވަގުތު ހަމަވެ ވޯޓު ފޮށިތައް ބަންދުކޮށްފައިވާއިރު މިހާރު ކުރަމުންދަނީ ވޯޓު ގުނުމުގެ މަސައްކަތްތައް ކަމަށް އިލެކްޝަނސް ކޮމިޝަނުން ބުނެފިއެވެ.

އައްޑޫސިޓީ ފޭދޫ، ހުޅުދޫއާއި މީދޫގެ ހުރިހާ ވޯޓު ފޮއްޓެއްގައިވެސް މިއަދު ހެނދުނު 8:00 ގައި ވޯޓުލާން ވަނީ ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިލެކްޝަންސް ކޮމިޝަނުން ބުނީ ހުރިހާ ވޯޓުފޮއްޓެއް ބަންދުކޮށް، ގުނުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަަމަށެވެ. އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ ގުނުމުގެ މަސައްކަތް ނިންމައި މިރޭ 21:00 ގައި ވަގުތީ ނަތީޖާ އިއުލާންކުރުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި ފޭދޫގައި ބަހައްޓާފައިވާ 5 ވޯޓު ފޮއްޓަށް 2835 މީހަކު ވަނީ ވޯޓުލުމަށް ރަޖިސްޓްރީކޮށްފައެވެ. އަދި ހުޅުދޫގައި ބަހައްޓާފައިވާ 3 ފޮއްޓަށް 1242 މީހުން ރަޖިސްޓްރީކޮށްފައިވާއިރު މީދޫގައި ބަހައްޓާފައިވާ 3 ފޮއްޓަށް 1618 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.މީގެ އިތުރުން މާލޭގައި ބަހައްޓާ ފޭދޫ، ހުޅުދޫ އަދި މީދޫގެ ފޮށިތަކަށް 3881 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.

އައްޑޫގެ ރަށްރަށުގެ މެދުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ މެދު ވޯޓެއް ނަގަނީ ބައެއް ރަށްރަށުން މައި އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދިފައިވާތީއެވެ. މިކަމުގައި ޤާނޫނީ ގޮތުން ގެނެވޭނެ ބަދަލަކީ، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ފަހުގައިކަމަށްވާތީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ މިކަމުގައި ސުވާލެއް ހުށައަޅުއްވާފައެވެ.

އައްޑޫ ސިޓީއެއްގެ ގޮތުގައި ބޭއްވުމަށް ނުވަތަ ބައެއް ރަށްތަކުގައި ވަކި ކައުންސިލެއް އުފެއްދުމާއި ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކަށް އިޙުތިރާމު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

އައްޑޫ، ސިޓީއެއްގެ ގޮތުގައި އޮތުމަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް 2010 ވަނަ އަހަރު ނެގި ޚިޔާލު ހޯދުމުގެ ވޯޓުގައިވެސް މި ތިން ރަށުގެ ރައްޔިތުން ވޯޓު ދީފައި ވަނީ ސިޓީއެއް ބޭނުންނުވާ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫސިޓީ ވޯޓުގެ ދާއިމީ ނަތީޖާ އިއުލާން ކޮއްފިޚަބަރު | 5 ގަޑިއިރު ކުރިންމީދޫގެ 100 އިންސައްތަ ރައްޔިތުން ވޯޓް ދިނަސް ނަތީޖާއަށް ބަދަލެއް ނާންނާނެކަން ޔަގީން: ޢަބްދުއްރަހްމާންޚަބަރު | 9 ގަޑިއިރު ކުރިންސިޓީ ކައުންސިލުން މީދޫއާއި ހުޅުދޫ ވަކިވާން ނިންމި ނިންމުން ފާހަގަކުރަން ހަވާ އަރުވަނީޚަބަރު | 9 ގަޑިއިރު ކުރިންއައްޑޫ ވޯޓުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ފުރިހަމަ އިންތިޒާމުތަކެއްގެ ތެރެއިން: އެޗްއާރުސީއެމްޚަބަރު | 9 ގަޑިއިރު ކުރިން