logo
Bank of Maldives

Bank of Maldives

ޚަބަރު

ސިނގިރޭޓް ބޮޑު ވައްކަން: ހުކުރު ދުވަހު ހައްޔަރުކުރި ތިން މީހުންގެ ފޮޓޯ އާންމުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
26 އޮކްޓޯބަރު 2025 - 04:46
ސިނގިރެޓް ވައްކަމުގެ މައްސަލާގައި ހުކުރު ދުވަހު ފުލުހުން ހައްޔަރުކުރި ތިން މީހުން، ފޮޓޯ: ޕޮލިސް
ސިނގިރެޓް ވައްކަމުގެ މައްސަލާގައި ހުކުރު ދުވަހު ފުލުހުން ހައްޔަރުކުރި ތިން މީހުން، ފޮޓޯ: ޕޮލިސް

ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި މިދިޔަ ހުކުރު ދުވަހު (24 އޮކްޓޯބަރު 2025)ގައި ފުލުހުން ހައްޔަރުކުރި ތިން މީހުންގެ ފޮޓޯ މިއަދު (އާދީއްތަ ދުވަހު) އާންމު ކޮށްފިއެވެ.

 މައްސަލައިގައި ހުކުރު ދުވަހު ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ، ހދ. ވައިކަރަދޫ، ނޫރަލީގެ އުމުރުން 42 އަހަރުގެ އަހުމަދު ޝަމީމާއި ހ. ރުމޭނިއާ، އުމުރުން 35 އަހަރުގެ އަހުމަދު ފިރުޝާންގެ އިތުރުން އައްޑޫ ހިތަދޫ، ޗާންދަނީގޭ 35 އަހަރުގެ ހުސައިން ސާމިހެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ތިން މީހުންގެ ފޮޓޯ ފުލުހުން މިއަދު އާންމުކޮށްފައިވާއިރު، އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އަޙްމަދު ޝަހީމާއި ޙުސައިން ސާމިޙު 7 ދުވަހަށް ބަންދު ކުރުމަށް އަދި އަޙްމަދު ފިރުސާން 5 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލާގައި ހިމެނޭ ދެ ވިހަޔަފާރި ވެރިންތެރެއިން ހިމެނޭ އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ.

ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ރާއްޖެ އަށް ވަގަށް އެތެރެކުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ގެންދިޔަ މައްސަލައިގެ ތަހުގީގަށް މިހާތަނަށް ޖުމުލަ ނުވަ މީހަކު ވަނީ ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހާފައެވެ. އަދި މިހާތަނަށް  12 މީހަކު ފުރުން ވެސް އޮތީ މަނާކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށްނެގި 20,000 ޑޮލަރު ވެރިފަރާތާ ހަވާލުކޮށްފިޚަބަރު | 34 މިނިޓު ކުރިންގެއްލިގެން ހޯދަމުންދިޔަ ޕޫރްނީމާ ފެނިއްޖެ، އޭނާގެ ހާލު ރަނގަޅުޚަބަރު | 4 ގަޑިއިރު ކުރިން281 ފުޅި ބަނގުރާ އަތުލައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކި ބަޔަކު ހައްޔަރުކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންސިނގިރޭޓް ބޮޑު ވައްކަން: ހުކުރު ދުވަހު ހައްޔަރުކުރި ތިން މީހުންގެ ފޮޓޯ އާންމުކޮށްފިޚަބަރު | 7 ގަޑިއިރު ކުރިން