logo
Bank of Maldives

Bank of Maldives

ޚަބަރު

އަމާން އުދަރެސްގެ ޓަވަރުތަކަށް ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފި

އާމިނަތު ޝަފާ
27 އޮކްޓޯބަރު 2025 - 04:11
އަމާން އުދަރެސްގެ ޓަވަރުތަކަށް ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފި

ހުޅުމާލެ ދެވަނަ ފިިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓްތަކަށް ސްޓެލްކޯއިން  ކަރަންޓުގެ ޚިދުމަތް ދޭންފަށައިފިއެވެ.

ސްޓެލްކޯއިން  ބުނީ ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކޮށްފައިވާ އަމާން އުދަރެސް އަދި އަމާން ދޯދި ފްލެޓްތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ ރަސްމީ މަސައްކަތްތައް ފެށުމުގެ ގޮތުން އަމާން އުދަރެސް 11، 12 އަދި 13ވަނަ ފްލެޓަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވިފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަމާން އުދަރެހުގެ 14 ވަނަ ޓަވަރުގެ 81 ޔުނިޓަށް ވުރެ ގިނަ ޔުނިޓްތަކުގެ ތަޅުދަނޑު މިހާތަނަށް ހަވާލުކޮށް ނިމިފައިވާކަމަށާއި އަދި ބައެއް އާއިލާތަކުން މިހާރު ފްލެޓްތަކަށް ދިރިއުޅުން ބަދަލުކޮށްފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމްގައި ތަރައްޤީކޮށްފައިވާ ފްލެޓްތަކުގެ ތަޅުދަނޑު ހަވާލުކުރަން ފަށާފަވަނީ ހުސްވި ސެޕްޓެންބަރުމަހުގެ 5 ވަނަ ދުވަހުއެވެ.

އަމާން އުދަރެހުގައި ޖުމްލަ 16 ޓަވަރު ހިމެނޭއިރު އެއީ 2000 ހައުސިން ޔުނިޓްއެވެ. މި މަޝްރޫޢުގައި ހިމެނެނީ 2 ކޮޓަރީގެ ޔުނިޓްތަކާއި 3 ކޮޓަރީގެ ޔުނިޓްތަކެވެ. އެ ކޯޕަރޭޝަނުން ބުނީ ބާކީ ޔުނިޓްތައްވެސް ޑައުންޕޭމަންޓް ނިމެމުންދާވަރަކަށް ހަވާލުކުރަމުންދާނެކަމަށެވެ.


ސަރުކާރުން ފްލެޓްތައް ހަވާލުކުރަނީ ފިނިޝިން ހުރިހާ މަސައްކަތެއްވެސް ނިންމުމަށްފަހުއެވެ.

ޓަވަރުތަކުގައި މީހުން އާބާދުކުރުމުގެ މަރުޙަލާ މިގޮތަށް ކުރިއަށް ގެންދިޔުމުގެ މައިގަނޑު މަޤްޞަދަކީ، ޢާއިލާތައް ޓަވަރަށް ބަދަލުވަމުންދާއިރު، ޓަވަރުގެ އާންމު ސަރަޙައްދުތަކުގައި ތޮއްޖެހުން ކުޑަކޮށް ފަސޭހަ އަދި އެކަށީގެންވާ ރޭވުންތެރި ގޮތެއްގައި މި މަރުޙަލާ ފުރިހަމަކުރުމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން، އަލުން ކަރަންޓު ދީފިޚަބަރު | 4 ގަޑިއިރު ކުރިންސްޓެލްކޯގެ ދެ މުވައްޒަފަކު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފިޚަބަރު | 10 ގަޑިއިރު ކުރިންއަމާން އުދަރެސްގެ ޓަވަރުތަކަށް ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފިޚަބަރު | 10 ގަޑިއިރު ކުރިންސްޓެލްކޯއިން 74،000 އަށްވުރެ ގިނަ ގަސް އިންދައިފިޚަބަރު | 4 ދުވަސް ކުރިން