ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން، އަލުން ކަރަންޓު ދީފި
އާމިނަތު ޝަފާ
27 އޮކްޓޯބަރު 2025 - 10:43

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންކަމަށާއި މިހާރު އެ ސަރަހައްދުތަކަށް ކަރަންޓު ދީފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މެންދުރުފަހު 2 ޖަހާކަށް ހާއިރެވެ.

Ad by Hajj Corporation
އެއާއެކު މައްސަލަ ދެނަގަނެ އަލުން އެ ސަރަހައްދުތަކަށް ކަރަންޓު ދީފައިވާކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެެ.


