ސްޓެލްކޯގެ ދެ މުވައްޒަފަކު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި
އާމިނަތު ޝަފާ
27 އޮކްޓޯބަރު 2025 - 04:38

ސްޓެލްކޯއަށް ހިދުމަތްކޮށް ދެއްވި ދެ މުވައްޒަފަކު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފިއެވެ.
މި ހިދުމަތްތެރިން ޝަރަފްވެރިކަމާއެކު ރިޓަޔާކުރެއްވުމާއި ގުޅިގެން އެ ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން އިއްޔެ ސްޓެލްކޯއިންވަނީ ހާއްސަ ހަފުލާއެއް ބާއްވާފަ އެވެ.

Ad by Hajj Corporation
ސްޓެލްކޯއިން ޝަރަފްވެރިކަމާއައެކު ޚިދުމަތުން ރިޓަޔަރ ކުރެއްވި ބޭފުޅުންނަކީ އެ ކުންފުންޏަށް 28 އަހަރުގެ ދިގު މުއްދަތެއްގައި ހިދުމަތްކޮށްދެއްވި ސީނިއަރ ސްޓޭޝަން ސުޕަރވައިޒަރ އަލްފާޟިލް އަޙްމަދު ސަމީރާއި ކުންފުންޏަށް 5 އަހަރު ހިދުމަތްކޮށްދެއްވި
ސަރވިސް ސުޕަރވައިޒަރ އަލްފާޟިލް އިބްރާހިމް އަޙްމަދެވެ.
ރިޓަޔާ ކުރެއްވި ބޭފުޅުންނަށް އެކަމުގެ ލިޔުން ހަވާލުކޮށް ދިނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަމާހް ރަޝީދު އެވެ.


