logo
Bank of Maldives

Bank of Maldives

ޚަބަރު

ވޭޕު އެތެރެ ކުރި މީހަކަށް 72 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް

އައިޝަތު ނަޝާ
28 އޮކްޓޯބަރު 2025 - 10:43
ވޭޕު އެތެރެ ކުރި މީހަކަށް 72 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް

މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ފައިސާ ދައްކަންޖެހޭ މީހުންގެ ލިސްޓުގައި ހިމެނޭ މީހަކު، ވޭޕު އެތެރެ ކުރި މައްސަލައެއްގައި 72 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

ދުންފަތުގެ ގާނޫނާ ހިލާފުވެގެން އެންމެ ބޮޑު އަދަދަކުން ޖޫރިމަނާކޮށްފައި ވަނީ މާލެ، މާފިނިވާގޭ، އަޝްރަފް ވަހީދު އެވެ. އޭނާ ވަނީ 72.1 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ. އެ ލިސްޓުގައި ޖުމްލަ 503 ފަރާތެއްގެ ނަން އެބަ ހިމެނޭކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ. އެގޮތުން އެންމެ ގިނައީ ދުންފަތުގެ ގާނޫނާ ހިލާފުވެގެން ކޮށްފައި ހުރި ޖޫރިމަނާ ފައިސާ ނުދައްކާ މީހުންކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކަސްޓަމްސް އިން ވަނީ ކަސްޓަމްސް ގެ ކުންފުނީގެ ގާނޫނުގެ ދަށުން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލެއް މިމަހުގެ 16 ވަނަ ދުވަހު އެކުލަވާލާފައެވެ. އެ އުސޫލުގައި ވާ ގޮތުން ކަސްޓަމްސްއަށް ދައްކަންޖެހޭ ފައިސާގެ އަދަދު 10،000ރ. އަށްވުރެ އިތުރުވެ، އެ ފައިސާ ދައްކަން ކަނޑައަޅާފައިވާ މުއްދަތު ހަމަވުމުން ލިޔުމުން އެކަން އެންގުމަށްފަހު އެ ފަރާތެއްގެ ނަން ކަސްޓަމްސްގެ ވެބްސައިޓުގައި ހާމަކުރާނެ އެވެ. އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރަން އުސޫލުގައި ބަޔާންކޮށްފައި ވަނީ މަދުވެގެން ކޮންމެ ދެ މަހަކުން އެއް ފަހަރެވެ.

ކަސްޓަމަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ގިނަ އަދަދެއްގެ ބިދޭސީންނާއި ގިނަ އަދަދެއްގެ ކުންފުނިތައް ވެސް ހިމެނޭކަން ފާހަގަކުރެވެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޭޕު އެތެރެ ކުރި މީހަކަށް 72 މިލިއަން ރުފިޔާގެ ޖޫރިމަނާއެއްޚަބަރު | 6 ދުވަސް ކުރިންކަސްޓަމްސްއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރުމާ ގުޅޭ އުސޫލެއް އެކުލަވާލައިފިޚަބަރު | 18 ދުވަސް ކުރިންސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުން، ބައިވެރިވުން އޮތް ކަސްޓަމްސް އޮފިސަރަކަށް ހަރުކަށި ފިޔަވަޅު އަޅާނަން: ކަސްޓަމްސްޚަބަރު | 20 ދުވަސް ކުރިންސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުން: 12 މީހަކު ފުރުން މަނާކޮށް ހަތަރު މީހަކު ހައްޔަރުކޮށްފިޚަބަރު | 20 ދުވަސް ކުރިން