logo
Bank of Maldives

Bank of Maldives

ޚަބަރު

އޭޓީއެމްގެ ޚިދުމަތަކީ އަތޮޅުތަކުގެ ރައްޔިތުން އެދިއެދި ތިބި ޚިދުމަތެއް: ބީއެމްްއެލްގެ ސީއީއޯ

އިސްމާޢިލް ރާތިޢު
29 އޮކްޓޯބަރު 2025 - 06:59
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ، މުޙައްމަދު ޝަރީފް- ފޮޓޯ: ބީއެމްއެލް
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ، މުޙައްމަދު ޝަރީފް- ފޮޓޯ: ބީއެމްއެލް

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ލިބިގެންދިއުމަކީ އެކަމަކަށް ރައްޔިތުން ނުހަނު ބޭނުންވެފައިތިބި ޚިދުމަތެއް ކަމަށް، ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ، މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

"ދިވެހީންގެ ބޭންކް- މުޅި ރާއްޖެއަށް" ކެމްޕެއިން އިފްތިތާޙު ކުރުމަށް ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވަނީ ބީއެމްއެލްއާ ގުލޭގޮތުން ދެކެވެމުންދާ ބައެއް ނުރަނގަޅު ވާހަކަތަކަށް ރައްދުދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމް ބެހެއްޓުމަކީ ބޭކާރު ޚަރަދެއްގެ ގޮތުގައި ސިފަކޮށް ދެކެވެމުންދާ ވާހަކަތަކަށް ރައްދުދެއްވަމުން އޭނާ ވިދާޅުވީ، ރާއްޖޭގައި އޭޓީއެމްގެ ޚިދުމަތް ދޭންފެށިތާ 25 އަހަރު ވެފައިވާއިރު، މާލެއާއި އެންމެ 82 ރަށް ފިޔަވާ އެހެން ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން އަސާސީ ބޭންކިންގ ޚިދުމަތް ހޯދަން ޖެހެނީ އިތުރު ޚަރަދުތަކެއް ކޮށްގެން އެހެން ރަށަކަށް ދަތުރުކުރަން، ނުވަތަ ބޭންކުގެ މުވައްޒަފުން ރަށަށް އަންނަންދެން މަޑުކުރަން ކަމަށެވެ. މިކަން އެރައްޔިތުންނަށް ވެފައިވަނީ ބޮޑު ތަކުލީފަކަށްކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ ހާލަތު މިހެން އޮތަތީވެ، ކޮންމެ އަތޮޅެއްގައި ނުވަތަ ކޮންމެ ރަށެއްގައި އުޅޭ ރައްޔިތެއް ނަމަވެސް ވީހާވެސް އަވަހަކަށް ބޭންކިންގ ޚިދުމަތް ލިބޭނެގޮތް ހެދުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ކަމަށެވެ. އަދި މިޚިދުމަތަކީ ކޮންމެ އަތޮޅެއްގެ، ކޮންމެ ރަށެއްގެ ރައްްޔިތުންވެސް އަބަދުވެސް ބޭނުންވާ ޚިދުމަތެއްކަން ޝަރީފް ފާހަގަކުރެއްވިއެވެ.

އޭޓީއެމް ޚިދުމަތްދޭން ފެށިތާ 25 އަހަރު ވެފައިވާއިރު، މާލެ ހިމަނައިގެން މީހުން ދިރިއުޅޭ 82 ރަށް ފިޔަވާ އެހެން ރަށްތަކުގައި މި ޚިދުމަތް ޤާއިމުވެފައި ނެތުމުން، އެރައްޔިތުންނަށް އަސާސީ ބޭންކިންގ ޚިދުމަތް ހޯދުމަށް އޮތް ގޮތަކަށް ވެފައިވަނީ، ޚިދުމަތް ހޯދުމަށް ޚަރަދުތަކެއް ކޮށްގެން އެހެން ރަށަކަށް ދަތުރުކުރުން. ނުވަތަ ބޭންކުގެ މުވައްޒަފުން އަންނަންދެން ރަށުގައި މަޑުކުރުން. ޙާލަތު މިހެން އޮތަތީވެ، ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ކޮންމެ އަތޮޅެއްގެ ކޮންމެ ރަށެއްގައި ރައްޔިތުމީހާ ހުރިކަމުގައި ވިޔަސް އެމީހާ މާލީ ނިޒާމުގައި ބައިވެރިވުމުގެ ފުރުސަތު ވީހާވެސް އަވަހަކަށް ހޯދައިދިނުމަށް. ދަތުރުކުރަން ނުޖެހި، ބޭނުން ވަގުތަކު އަސާސީ ބޭންކިންގ ޚިދުމަތް ލިބޭނެގޮތް ވީހާވެސް އަވަހަކަށް ފަހިކޮށްދިނުމަށް. އޭޓީއެމްގެ ޚިދުމަތަކީ ހުރިހާ ރަށެއްގެ ރައްޔިތުންވެސް އަބަދުވަސް ބޭނުންވާ ޚިދުމަތެއް. ބޭންކަށް ކެނޑިނޭޅި މި ޚިދުމަތް ޤާއިމުކޮށްދިނުމަށް އެކިފަރާތްތަކުން އެދެމުންދޭ - ބެންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފް

ޝަރީފް ވިދާޅުވީ 2023 ވަނަ އަހަރު، 50 ވަރަކަށް ރަށުގައި ބީއެމްއެލް މެދުވެރިކޮށް ސަރުކާރުގެ ޚަރަދުގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމަށް، ޑިވިޑެންޓުން ކަނޑާގޮތަށް ބަޖެޓެއް ކަނޑައަޅާ، އެ އަދަދު ހޭދަކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް 52 އޭޓީއެމް ގަނެފައި، ގުދަނުގައި ބަހައްޓާފަ ހުރީކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭގެފަހުން 2024 ވަނަ އަހަރު ނުވަ ރަށެއްގައި އޭޓީއެމް ބަހައްޓާފައިވާ ކަމަށާއި، މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢު މިދިޔަ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ފައްޓަވައިދެއްވާ، މިކަން ވީހާވެސް އަވަހަކަށް ނިންމައިދިނުމަށް އެދިލެއްވުމުން، އެކަމަށް ކަނޑައަޅާފައިވާ އަސްލު އަގުގެ ދެބައުކުޅަ އެއްބައި އަގުގައި މަޝްރޫޢު ނިންމުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އައްޑޫ ހުޅުދޫ އަދި މަރަދޫގައި މިޚިދުމަތް މިއަދު ފެށިގެން ދިއުމުން މިކަން ހާސިލުވެފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ކުރިން އޭޓީއެމްގެ ޚިދުމަތް ލިބެން ނެތް ހުރިހާ ރަށެއްގައި، އެންމެ ނުވަ މަސްދުވަސް ތެރޭގައި މިޚިދުމަތް ޤާއިމުކޮށް ނިންމާލެވިފައިވާ ކަމަށާއި މިހާރު، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލްގެ ސެލްފް-ސަރވިސް ޔުނިޓެއް ހުންނާނެ ކަމަށް ޗަރީފް ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން ރިބްރޭންޑް ކޮށްފިވިޔަފާރި | 12 ގަޑިއިރު ކުރިންއެންމެ ބޮޑު ދެ ވަޤުފް މަޝްރޫޢަށް ފައިނޭންސްކުރަން ބީއެމްއެލް އިސްލާމިކާއެކު ފަހުމުނާމާއެއްޚަބަރު | 13 ގަޑިއިރު ކުރިންއަހުންގެ ރަށު، އަފޭންގެ ރަށު، އަހަންނަގެ ރަޓު، އަފުންގެ ރަށި، ހުރިހާ ރަށެއްގައި މިހާރު އޭޓީއެމްގެ ޚިދުމަތް ލިބޭނެވިޔަފާރި | ދުވަހެއް ކުރިންއޭޓީއެމްގެ ޚިދުމަތަކީ އަތޮޅުތަކުގެ ރައްޔިތުން އެދިއެދި ތިބި ޚިދުމަތެއް: ބީއެމްްއެލްގެ ސީއީއޯޚަބަރު | ދުވަހެއް ކުރިން