logo
Bank of Maldives

Bank of Maldives

ވިޔަފާރި

އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން ރިބްރޭންޑް ކޮށްފި

ޢައްފާން މުޙައްމަދު
30 އޮކްޓޯބަރު 2025 - 05:56
އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން ރިބްރޭންޑް ކޮށްފި

އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން ޑިޖިޓަލްކޮށް "އެސްއެމްއީ ޑިޖިޓަލް" އަށް ރީބްރޭންޑްކޮށްފިއެވެ.

މި ބަދަލު ގެނެސްފައި ވަނީ، "ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް" ކެމްޕޭނު އިފްތިތާހުކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޝަރަވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން ރީބްރޭންޑް ކޮށްދެއްވީ، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު އަލީ ހަބީބާއި، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފެވެ.

undefined

 

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޑީއެފްސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ޚަސަން ވިދާޅުވީ، ކުންފުނީގެ ކުރިމަގު ޒަމާނީ ޓެކްނޮލޮޖީއާއެކު ބައްޓަންކުރަން ކުރާ މަސައްކަތުގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްއަށް ރީބްރޭންޑް ކޮށްފައިވާ ކަމަށެވެ.

އެސްއެމްއީ ޑިޖިޓަލްއަށް ރީބްރޭންޑް ކުރުމާއިއެކު ކުރިއަށް އޮތްތަނުގައި އެ ކުންފުނި ވެގެންދާނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހަމައެކަނި ފައިނޭންސް ފޯރުކޮށްދޭ ކުންފުންޏަކަށް ނޫންކަމަށާއި، ކުރިއަށް އޮތްތަނުގައި އެސްއެމްއީ ޑިޖިޓަލް ވެގެންދާނީ ކުދި ވިޔަފާރިތަކަށް ބޭނުންވާ ހުރިހައި ހައްލެއް ލިބޭ ޑިޖިޓަލް ޕްލެޓްފޯމަކަށް ކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދަވާފައިވާ އެސް.އެމް.އީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ، ބޭންކް އޮފް މޯލްޑިވްސްއަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ޖުލައި މަހުގެ ތެރޭގައި ނިންމާފައެވެ. އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މިކަމުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާމެދު މާލީ ވުޒާރާއިން ހުށަހަޅުއްވާފައިވާ ދިރާސާ ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސް.ޑީ.އެފް.ސީ އުފެއްދީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން އެސްޑީއެފްސީ ނުވަތަ އެސްއެމްއީ ބޭންކުން އަންނަނީ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރަމުންނެވެ.

އެސްޑީއެފްސީ ވަނީ، ދާދިފަހުން ބީއެމްއެލްގެ ސަބްސިޑަރީއަކަށް ބަދަލުކޮށްފައެވެ. ބީއެމްއެލްއާއެކު ކުރާ އިންޓަގްރޭޝަން މަސައްކަތްތަކުގެ ތެރެއިން ބީއެމްއެލްގެ މޯބައިލް އެޕަށް އޭޕީއައިއިން ގުޅުވާލާ، ބީއެމްއެލްގެ މޯބައިލް އެޕްގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ޚިދުމަތްތައް ކަސްޓަމަރުންނަށް މިހާރު ފެންނާނެ ކަމަށް އެސްޑީއެފްސީން ބުނެއެވެ. އަދި ފެސިލީޓީތަކަށް ބީއެމްއެލް އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތްވެސް ފަހިވެގެންދާނެއެވެ.

އެސްއެމްއީ ޑިޖިޓަލްއަކީ، ރާއްޖޭގައި އެސްއެމްއީ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް މަގުފަހިކޮށްދޭ އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ އިސްލާމީ ޝަރީއާއާއި އެއްގޮތައް ގާއިމްކުރާ ފުރަތަމަ މާލީ މުވައްސަސާކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބީއެމްއެލް މެދުވެރިކޮށް 3000 ހައުސިން ޔުނިޓު އަޅަން ބިން ހަވާލުކޮށްފިޚަބަރު | 2 ދުވަސް ކުރިންބީއެމްއެލް އިން ޕޭއެމްވީ ކިއުއާރ ޓްރާންސްފަރ ޚިދުމަތް ފަށައިފިވިޔަފާރި | 4 ދުވަސް ކުރިންބީއެމްއެލްއިން ޓްރާންސެކްޝަންތަކަށް ވަޓްސްއެޕް މެދުވެރިކޮށް އޯޓީޕީ ލިބޭގޮތް ހަދައިފިވިޔަފާރި | 4 ދުވަސް ކުރިންބީއެމްއެލްގެ ޑެބިޓް ކާޑުން ނަގާ މާޗަންޓް ފީ ކުޑަކޮށްފިޚަބަރު | 5 ދުވަސް ކުރިން