logo
Bank of Maldives

Bank of Maldives

ޚަބަރު

އެންމެ ބޮޑު ދެ ވަޤުފް މަޝްރޫޢަށް ފައިނޭންސްކުރަން ބީއެމްއެލް އިސްލާމިކާއެކު ފަހުމުނާމާއެއް

ޢައްފާން މުޙައްމަދު
30 އޮކްޓޯބަރު 2025 - 05:45
އެންމެ ބޮޑު ދެ ވަޤުފް މަޝްރޫޢަށް ފައިނޭންސްކުރަން ބީއެމްއެލް އިސްލާމިކާއެކު ފަހުމުނާމާއެއް

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ ވަޤުފް މަޝްރޫޢުކަމަށްވާ ދާރުއްސަލާމް އަދި ދާރުލް އަރްޤަމް މަޝްރޫޢުއަށް ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ރިއަލް އެސްޓޭޓް ފައިނޭންސިންގ ހަމަޖެއްސުމާއި ގުޅޭ ފަހުމުނާމާގައި އެ ބޭންކާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

G4fDrrWWsAAUaor.jpg

 

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިއަދު ވުޒާރާއާއި ބޭންކް އޮފް މޯލްޑިވްސް އިސްލާމިކްއާއެކު ސޮއިކުރެވިގެން މިދިޔަ ފަހުމުނާމާއަކީ ކުރިމަގަށް ހުޅުވިގެންދިޔަ ވަރަށް މުހިއްމު ޞަފްޙާއެއްކަމަށާއި ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު ވަޤުފްގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބީއެމްއެލްއިން އެހީތެރިކަން ދެއްްވުމަކީ ވަރަށް ފާހަގަކޮށްލެވޭ ކަމެއްކަމަށެވެ.

އަދި މިއީ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ބޭންކާއެކު މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު ވަޤުފް މަޝްރޫޢުތަކަށް އިސްލާމީ އުސޫލުގެ ދަށުން ފައިނޭންސިން ހަމަޖެހި މަސައްކަތް ކުރިއަށް ގެންދިއުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށައި އުއްމީދަކީ އަދި އަމާޒަކީ ކުރިއަށް އޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ވަޤުފް މަޝްރޫޢުތައް ނިމި މިކަމުގެ ނަފާ މުޅި ރާއްޖެއަށް ލިބިގެން ދިއުންކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި، ބޭންކް އޮފް މޯލްޑިވްސްއިން ވުޒާރާއާއި މެދު ބަހައްޓަވާ ގާތްކަމާއި ވުޒާރާގެ ކަންކަމުގައި ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިިކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައިވެއެވެ.

G4fDrrTXMAApfN0.jpg

 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ޤައުމުގެ ތަރައްޤީއާއި އިޖުތިމާޢީ ކުރިއެރުމަށް ރައްޔިތުންނަށް ފައިދާވާ މަޝްރޫޢުތަކުގައި ޤައުމީ ބޭންކުގެ ގެ ޙައިސިއްޔަތުން ބޭންކުން ބައިވެރިވެ އެހީތެރިކަން ދިނުމަކީ ބޭންކުގެ އަމާޒެއްކަމަށާއި މިއަދު ސޮއިކުރެވިގެންމިދިޔަ ފަހުމުނާމާއަކީ އިސްލާމީ ފައިނޭންސްގެ ދާއިރާއިން އެ ބޭންކު ކުރިއަށް ދިއުމަށް ކަޑައްތު ކުރެވުނު މުހިއްމު ހަރުފަތެއްކަމަށެވެ.

މީގެ އިތުރުން އިސްލާމީ ފައިނޭންސް ދާއިރާ ކުރިއަށް ގެންދިއުމަށް ވަޒީރުގެ ފަރާތުން ލިބިގެންދާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝަރީފް ވަނީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަށް ޝުކުރު އަދާކުރައްވާފައެެވެ.

G4fDrrYWIAAcIWz.jpg

 

ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ޒަޢާމަތުގައި އިސްލާމީ ދާއިރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫޢުގެ ތެރެއިން މާލޭގައި ބިނާ ކުރާ ދާރުލް އަރްޤަމް މަޝްރޫޢު އާރުސީސީއާއި ހަވާލުކޮށް މި ހަފްތާގެ ތެރޭގައި ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.

މި ދެ މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ވުޒާރާއިން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަން ރިބްރޭންޑް ކޮށްފިވިޔަފާރި | 9 ގަޑިއިރު ކުރިންއެންމެ ބޮޑު ދެ ވަޤުފް މަޝްރޫޢަށް ފައިނޭންސްކުރަން ބީއެމްއެލް އިސްލާމިކާއެކު ފަހުމުނާމާއެއްޚަބަރު | 9 ގަޑިއިރު ކުރިންއަހުންގެ ރަށު، އަފޭންގެ ރަށު، އަހަންނަގެ ރަޓު، އަފުންގެ ރަށި، ހުރިހާ ރަށެއްގައި މިހާރު އޭޓީއެމްގެ ޚިދުމަތް ލިބޭނެވިޔަފާރި | ދުވަހެއް ކުރިންއޭޓީއެމްގެ ޚިދުމަތަކީ އަތޮޅުތަކުގެ ރައްޔިތުން އެދިއެދި ތިބި ޚިދުމަތެއް: ބީއެމްްއެލްގެ ސީއީއޯޚަބަރު | ދުވަހެއް ކުރިން