logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަދުން ފެށިގެން ތަންފީޒުކުރަން ފަށާ ކަންކަމުގެ ސަބަބުން ފައިދާ ކުރާ އެންމެންނަށް ރައީސްގެ މަރުހަބާ

ޢައްފާން މުޙައްމަދު
1 ނޮވެމްބަރު 2025 - 06:04
މިއަދުން ފެށިގެން ތަންފީޒުކުރަން ފަށާ ކަންކަމުގެ ސަބަބުން ފައިދާ ކުރާ އެންމެންނަށް ރައީސްގެ މަރުހަބާ

ސަރުކާރުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން މިއަދުން ފެށިގެން ތަފްފީޒުކުރަން ފަށާ މުހިންމު ތިން ކަމަކާ ގުޅިގެން ފައިދާ ކުރާނެ އެންމެހާ ފަރާތްތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

މިއަދުން ފެށިގެން ތަންފީޒުކުރަން ފެށި ކަންކަމަކީ، 2007 ޖެނުއަރީ 1 އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނޭ ހުރިހާ ދިވެހި ރައްޔިތުންނަށް ދުންފަތުގެ ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން ފެށުމާއި ކައުންސިލްތަކުގެ މުވައްޒަފުން ހިމެނޭހެން ސިވިލް ސާރވިސް ގެ ހުރިހާ މުވައްޒަފުންނާއި ޖުޑިޝަރީގެ މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި މުސާރަ ބޮޑުކުރަން ފެށުމުގެ އިތުރުން ކަށި މިޔަރު ބޭނުން، މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ހުއްދަކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަން ފާހަގަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، އެ ކަންތައްތައް ހަގީގަތަށް ހެދުމުގައި މަސައްކަތްކޮށްދެއްވައި، އެއްބާރުލުން ދެއްވި ހުރިހާ އެންމެނަށް ޝުކުރު އަދާކުރައްވާފައެވެ. އެ ކަންތައްތައް ތަންފީޒުކުރުމުން އޭގެ ފައިދާ ކުރާނެ ހުރިހާ ދިވެހީންނަށް ރައީސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.

2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް މިއަދުން ފެށިގެން ދުންފަތް މަނާވެފައިވާއިރު، މިގޮތަށް މަނާކޮށްފައިވަނީ، ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ހުށައަޅުއްވާފައިވާ އިސްލާޙުގައެވެ. މިހާރު ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގައިވާ ގޮތުން 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިޢުމާލުކޮށްގެން ނުވާނެއެވެ. އަދި އެ ޢުމުރުގެ އެއްވެސް މީހަކަށާއި، ޢުމުރުން 21 އަހަރު ނުފުރޭ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާ ކަމެކެވެ.

މިއަދު ތަންފީޛުކުރަން ފެށި ދެވަނަ ކަމަކީ، ދައުލަތުގެ އިދާރާތަކުގެ މުސާރަތައް އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން 3 ދާއިރާއެއްގެ މުސާރަ ބޮޑުކުރުމަށް ރައީސް ނިންމެވި ނިންމުމެވެ. އެގޮތުން ޖުޑިޝަރީއާއި، ކައުންސިލްތަކިގެ މުވައްޒަފުން ހިމެނޭހެން ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ނިންމަވާފައެވެ. މިމަހުގެ މުސާރަ މިފަރާތްތަކަށް ލިބިގެންދާނީ އައު ޕޭ ފްރޭމްވޯކްގެ ދަށުންކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

މިއަދު ތަންފީޒުކުރަން ފެށި ތިންވަނަ ކަމަކީ، މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން، ކަށި މިޔަރު ބޭނުން ހުއްދަ ކުރެއްވުމެވެ. ކަށި މިޔަރުގެ މަސްވެރިކަމަށް ހުޅުވާލަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. ރާއްޖޭގައި މީގެކުރިން ކުރަމުން ދިޔަ 3 ބާވަތެއްގެ މިޔަރުގެ މަސްވެރިކަން ސަރުކާރުން ހުއްޓުވާފައިވަނީ އެބާވަތްތައް ނެތިދިޔުމުގެ ބިރާއެކުގައެވެ. އެހެންނަމަވެސް ތިމާވެއްޓާ ބެހޭ ވުޒާރާއާއި މަސްވެރިކަމާއި ބެހޭ ވުޒާރާއާއި މަޝްވަރާކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ އަލުން ކަށި މިޔަރުގެ މަސްވެރިކަން މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ކުރުމުގެ ހުއްދަދެއްވާފައެވެ.

މިއަދު ތަންފީޒުކުރި ކަންކަމަކީ ރައްޔިތުންނަށް ސީދާ ގޮތުން އޭގެ ފައިދާ ކުރާނެ ކަންތައްތަކަކަށްވާއިރު، އެ ކަންކަމާ ގުޅިގެން ގިނަ ރައްޔިތުންނެއް އަންނަނީ ސަރުކާރަށް، ޙާއްސަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ތައުރީފުކޮށް، ޝުކުރު އަދާކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަދުން ފެށިގެން ތަންފީޒުކުރަން ފަށާ ކަންކަމުގެ ސަބަބުން ފައިދާ ކުރާ އެންމެންނަށް ރައީސްގެ މަރުހަބާޚަބަރު | 16 ގަޑިއިރު ކުރިންޖެނެރޭޝަނަލް ބޭންއާ ގުޅިގެން ވަޒީރު ޝިޔާމްގެ ތަޢުރީފު، ރައީސްއަށްޚަބަރު | 16 ގަޑިއިރު ކުރިންތާރީޚީ އައު ސަފުހާއެއް, ޖެނެރޭޝަނަލް ބޭން އަށް ޢަމަލުކުރަން ފަށައިފިޚަބަރު | 19 ގަޑިއިރު ކުރިންލިބުނީ ބަނގުރޫޓް ވެދާނެކަމުގެ ރަނގަބީލު! ވާރުތަވި ހާލަތުން އަރައިގަތުމުގެ ފިޔަވަޅުތަކާއެކު އުންމީދުރިޕޯޓް | ދުވަހެއް ކުރިން