logo
Bank of Maldives

Bank of Maldives

ޚަބަރު

ތަފުޞީލުތައް ފަސޭހައިން ބަލާލެވޭ ގޮތަށް ދިރާސީ ކަލަންޑަރު ޑިޖިޓަލައިޒްކޮށްފި

އާމިނަތު ޝަފާ
3 ނޮވެމްބަރު 2025 - 11:41
ތަފުޞީލުތައް ފަސޭހައިން ބަލާލެވޭ ގޮތަށް ދިރާސީ ކަލަންޑަރު ޑިޖިޓަލައިޒްކޮށްފި

ތަފުޞީލުތައް ފަސޭހައިން ބަލާލެވޭ ގޮތަށް ދިރާސީ ކަލަންޑަރު ޑިޖިޓަލައިޒްކޮށް އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައި ހިމަނައިފިއެވެ. ދިރާސީ އަހަރުގެ ކަލަންޑަރު އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައި ކުރިން ހިމަނަމުން އައީ ޕީޑީއެފް ފޯމެޓްގައެވެ.

ދިރާސީ އަހަރުގެ ކަލަންޑަރު ޑިޖިޓަލައިޒްކޮށް ފަރުމާކޮށްފައި ވަނީ ސްކޫލް ދުވަސްތަކާއި ސްކޫލް ބަންދު ދުވަސްތަކާއި އިމްތިޙާނު ދުވަސްތަކުގެ އިތުރުން ރަސްމީ ބަންދު ދުވަސްތައް ވެސް ވަކިން އެނގެނޭ ގޮތަށެވެ. ކޮންމެ މަހެއްގައި ހިމެނޭ މުހިންމު ދުވަސްތަކާއި ބަންދު ދުވަސްތައް ވަކިން ފާހަގަކޮށްފައިވެއެވެ. އަދި އައުޓްލުކް ކަލަންޑަރާއި ގޫގުލް ކަލަންޑަރަށް ވެސް މިހާރު ދިރާސީ ކަލަންޑަރު ފަސޭހައިން އެޑް ކޮށްލެވެއެވެ. 2026 ވަނަ އަހަރުގެ ފައިނަލް ކަލަންޑަރު މިހާރު އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓްގައި ވަނީ ހިމަނާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓް ޒަމާނީކޮށް، ފަސޭހައިން ގިނަ މައުލޫމާތު ލިބޭގޮތަށް ބަދަލުކުރީ ދާދި ފަހުންނެވެ.

ދިރާސީ އައު އަހަރުގެ ކަލަންޑަރުގައިވާ ގޮތުން 2026 ވަނަ އަހަރުގެ ކިޔެވުން ފަށާނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ފުރަތަމަ ޓާމުގެ ކިޔެވުން ކުރިއަށް ދާނީ 25 ޖެނުއަރީން  16 ޖުލައިއަށެވެ. ދެވަނަ ޓާމު ކުރިއަށް ދާނީ 2026 ވަނަ އަހަރުގެ  އޯގަސްޓު މަހު 2ން  17ޑިސެމްބަރަށެވެ. ދިރާސީ އައު އަހަރު 199 ދުވަސް ސްކޫލު ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫ ހައި ސްކޫލް ހަމަނުޖެހުން: އަމިއްލައަށް މާފަށް އެދެންދެން ދަރިވަރު ސަސްޕެންޑް ކޮށްފިޚަބަރު | 9 ދުވަސް ކުރިންޔުނީފޯމާ ގުޅިގެން ކުރިމަތިވާ މައްސަލަތަކުގެ އަސްލަކީ މިދިޔަ ދުވަސްތަކުގައި އުސޫލެއްނެތި ގެނެވުނު ބަދަލުތައް : ޑރ. އަޙްމަދުޚަބަރު | 11 ދުވަސް ކުރިންދިރާސީ އައު އަހަރަށް ރަށްރަށަށް ފޮތްތައް ފޮނުވަން ފަށައިފިޚަބަރު | 14 ދުވަސް ކުރިން2027 ވަނަ އަހަރުން ފެށިގެން ސްކޫލް ޔުނީފޯމުތައް ހުންނާނެ ގޮތަކީ މިއީޚަބަރު | 16 ދުވަސް ކުރިން