logo
MPL

MPL

ޚަބަރު

އައްޑޫ ހައި ސްކޫލް ހަމަނުޖެހުން: އަމިއްލައަށް މާފަށް އެދެންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އައިޝަތު ނަޝާއައިޝަތު ނަޝާ
11 ޑިސެމްބަރު 2025 - 15:53
އައްޑޫ ހައި ސްކޫލް ހަމަނުޖެހުން: އަމިއްލައަށް މާފަށް އެދެންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އައްޑޫ ހައި ސްކޫލުގައި ދަރިވަރަކާއި ޓީޗަރަކާއި ދެމެދު ހިނގި މާރާމާރީއާއި ގުޅިގެން ދަރިވަރު އަމިއްލައަށް މާފަށް އެދެންދެން ސަސްޕެންޑް ކޮށްފިއެވެ.

އައްޑޫ ހައި ސްކޫލުގައި މި ހާދިސާ ހިނގާފައިވަނީ ބީޓެކް ދަރިވަރަކާއި ޓީޓެކް ކިޔަވައިދޭ އިންޑިއާގެ ޓީޗަރަކާއި ދެމެދު އިއްޔެގެ ވަގުތެއްގައެވެ. އެ މައްސަލައާއި ގުޅިގެން ޓީޗަރު ސަސްޕެންޑްކޮށް މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައާއި ގުޅިގެން އެންމެ ފުރަތަމަ ޓީޗަރު ސަސްޕެންޑް ކުރުމުން މީސްމީޑިއާގައި ގިނަ ބައެއްގެ ހިޔާލު ވަނީ ތަފާތުވެފައެވެ. އެގޮތުން އެކަމާއި ގުޅިގެން ދަރިވަރު ވެސް ވަގުތުން ސަސްޕެންޑް ކުރަން ޖެހޭ ކަމަށް ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ބުނެފައެވެ.

ޓީޗަރާއި ދަރިވަރު ތަޅާފޮޅާ މަންޒަރު ފެންނަ ވީޑިއޯއިން ފެންނަނީ ކްލާސް ރޫމެއްގައި ފިރިހެން ދަރިވަރަކު ބިންމައްޗަށް ވެއްޓިފައިވާ މަންޒަރެވެ. އަދި ބިދޭސީ ޓީޗަރަކު އެ ކުއްޖާގެ އަތުން އެއްޗެއް އަތުލަށް ވެއްޓިގަނެގެން އޮވެ އޮޅުލާ މަންޒަރު ފެނެއެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ދަރިވަރު ވެސް ޓީޗަރުގެ ގައިގައި ޖަހަ އެވެ. އެ ރުޅީގައި ޓީޗަރު ދަރިވަރަށް އަނިޔާކުރިއިރު ކްލާސް ރޫމްގައި އެހެން ދަރިވަރުން ވެސް ތިއްބެވެ.

އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިނގަން މެދުވެރިވީ ފޯނުން ދެއްކި ވީޑިއޯއެއްގެ ސަބަބުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިލޭ ޑިގްރީ ޕްރޮގްރާމަށް މިދިޔަ ހަ އަހަރުގެ ތެރޭގައި 835 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭޚަބަރު | 25 ދުވަސް ކުރިންގާތްގަނޑަކަށް ފަސްހާސް ދަރިވަރުންނާ އެކު މި އަހަރުގެ އޭލެވެލް އިމްތިހާނުފަށައިފިޚަބަރު | މަހެއް ކުރިންމިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއްޚަބަރު | 3 މަސް ކުރިންސްކޫލުތަކުން އަދަބުވެރިކަން ފޮހެވިއްޖެ: ދަރިވަރުންގެ އަޚުލާގާމެދު ބޮޑެތި ކަންބޮޑުވުންތަކެއް!ރިޕޯޓް | 6 މަސް ކުރިން