logo
Bank of Maldives

Bank of Maldives

ޚަބަރު

ދިރާސީ އައު އަހަރަށް ރަށްރަށަށް ފޮތްތައް ފޮނުވަން ފަށައިފި

ޢައްފާން މުޙައްމަދު
6 ޑިސެމްބަރު 2025 - 06:17
ދިރާސީ އައު އަހަރަށް ރަށްރަށަށް ފޮތްތައް ފޮނުވަން ފަށައިފި

ކުރިއަށް އޮތް ދިރާސީ އައު އަހަރަށް ދަރިވަރުން ބޭނުންވާ ފޮތްތައް، އަތޮޅުތެރޭގެ ރަށްތަކަށް ފޮނުވަން ފަށައިފިއެވެ.

ތަޢުލީމީ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި، އަންނަ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް އަތޮޅުތަކުގެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ދިރާސީ އައު އަހަރު ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފުރިހަމައަށް ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، ދުރާލާ ސްކޫލްތަކާއި އެ ވުޒާރާއާ ގުޅިގެން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ތަޢުލީމީ ވުޒާރާގެ އަމާޒަކީ ސްކޫލު ހުޅުވުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ދޫކޮށް ނިންމުންކަމަށް ތަޢުލީމީ ވުޒާރާއިން ބުނެއެވެ.

ދިރާސީ އަހަރެއް ފެށުމުގެ ކުރިން ތަޢުލީމީ ވުޒާރާއިން އަންނަނީ ދަަރިވަރުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޚާއްސަކޮށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ކިޔެވުން ފެށުމުގެ ކުރިން ފޯރުކޮށްދިނުމާއި މުދައްރިސުން ހަމަކުރުމުގެ މަސައްކަތް ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެއިތުރުން ވެސް ކުަރިއަށް އޮތް ދިރާސީ އައު އަހަރު ފެށެންވާއިރަށް، އެހެނިހެން ބައެއް ކަންތައްތައް ކުރުމަށް ވެސް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ.

އެގޮތުން، ސްކޫލްތަކުގެ ކިޔެވުން ފަށާއިރު ރާއްޖޭގެ ހުރިހާ ސްކޫލްއެއްގެ ކްލާސްރޫމްތައް އޭސީކޮށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅުގައި އެއަތޮޅު މަހިބަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ،  ވައުދުފުޅާ އެއްގޮތަށް،ސްކޫލު ކުދިންގެ ކިޔެވުމުގެ މާހައުލު ރަނގަޅު ކޮށްދިނުމަށްޓަކައި ކުލާސް ތަކުގައި އޭސީ ހަރުކުރުމުގެ މަޝްރޫއުގެ ދަށުން، އަންނަ ދިރާސީ އަހަރު ރާއްޖޭގެ ސްކޫލްތަކުގައި ތައުލީމު ހާސިލްކުރާ ހުރިހާ ދަރިވަރުން ވަންނާނީ އޭސީ ކޮށްފައި ހުރި ކްލާސްރޫމްތަކަށް ކަމަށެވެ.

މީގެ އިތުރުން ސްކޫލްތައް އާބާތުރަ ފިލުވުމުގެ މަސައްކަތަކީވެސް ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ސަރުކާރުން ކުރާ މުހިންމު މަސައްކަތެކެވެ. އެ މަސައްކަތަށް އެކަނިވެސް 40 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.

އަހަރުތަކަކަށް ފަހު އަންނަ އަހަރަކީ އިހު އޮތްގޮތަށް ޖެނުއަރީ މަހު ދިރާސީ އަހަރުގެ ކިޔެވުން ފަށާ އަހަރެވެ.

މި ހިނގާ ދިރާސީ އަހަރުގެ ކިޔެވުން ނިމި، ބޮޑު ޗުއްޓީ ފެށޭނީ މި މަހުގެ 25 ވަނަ ދުވަހު ގައެވެ. އަދި ޗުއްޓީ ނިންމުމަށް ފަހު އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭނީ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގައެވެ. ފުރަތަމަ ޓާމްގެ މިޑް ބްރޭކް މެއި މަހުގެ 24 އިން 30 ލިބޭއިރު ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި މަހުގެ 17 އޯގަސްޓް މަހުގެ ފުރަތަމަ ދުވަހާހަމައަށެވެ.

އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން ދެވަނަ ޓާމްގެ ކިޔެވުން އަންނަ އަހަރު އޯގަސްޓް މަހުގެ 2 ވަނަ ދުވަހު ފަށާއިރު ދެވަނަ ޓާމްގެ ކިޔެވުން ނިންމާ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 އިން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާއި ހަމައަށެވެ. އަދި 2027 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ ޖެނުއަރީ 17 ވަނަ ދުވަހުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިރާސީ އައު އަހަރަށް ރަށްރަށަށް ފޮތްތައް ފޮނުވަން ފަށައިފިޚަބަރު | ގަޑިއިރެއް ކުރިން2027 ވަނަ އަހަރުން ފެށިގެން ސްކޫލް ޔުނީފޯމުތައް ހުންނާނެ ގޮތަކީ މިއީޚަބަރު | 2 ދުވަސް ކުރިންސަރުކާރު ސްކޫލުތަކުގެ ޔުނީފޯމުގެ ކުލައަކަށް ހަތަރު ކުލައެއް ހަމަޖައްސައި، 2027ގެ ފަހުން ބޭނުން ކުރަން ފަށަނީޚަބަރު | 5 ދުވަސް ކުރިންޝަހީދު އަލީ ސްކޫލުން 900 ދަރިވަރުންނަށް ޖާގަ ދީފިޚަބަރު | 16 ދުވަސް ކުރިން